ނަޝީދުގެ ކެމްޕޭންގައި ސަލަފްގެ ރައީސް ބައިވެރިވެއްޖެ
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރާ އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ކެމްޕޭންގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ބައިވެރިވެއްޖެއެވެ. ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު (ޢަބުދުﷲ ބިން ޖަނާބު) ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ، ނޮޅިވަރަމް ދާއިރާ އަށް ދަތުރެއްކޮށްފައިވާއިރު، ނަޝީދަކީ ސަލަފްގެ ތާއީދު އޮތް ބޭފުޅެއްކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. ނަޝީދާއި އެކު އިތުރު ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވާއިރު ނަޝީދު މ...