އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތައް ހަދަން މަޖިލީހަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނު (ޤާނޫނު ނަންބަރު 1/2007) އަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އެވެ.

Ad
rt

މޮސްޓާގެ މި ބިލުގައި ހިމަނުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ (ހ)ގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ.

މޮސްޓާގެ ހުށަހެޅުއްވުން:

8 ހ (8) - އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުން

''އިސްރާއީލު މީހުން ރާއްޖެ އެތެރެނުވެވޭނެ ބިލެއް މަޖިލީހަށް ހުށަހަޅައިފިން ހުރިހާ ދާއިރާއެއްގެ އާއްމު ރައްޔިތުން އެދާއިރާގެ މެންބަރު އަރިހުގައި މިބިލަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންނަވާ'' މި ބިލު ހުށަހެޅުއްވުމަށްފަހު މޮސްޓާ ވިދާޅުވެފަވެއެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތައް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިިލިސްއަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ވަނީ ޤަރާރެއް ހުށަހަޅުއްވާފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ސައުދު ހުށަހެޅުއްވި މަ ގާރާރުގެ މަސައްކަތް އަދި މިހާތަނަށް މަޖިލީހުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކިޔާލަން:

މި ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވާތީ އޭނާ ވަނީ އެކިފަހަރުމަތިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.