"ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން" ފާސްކޮށްފި
ވަޒީރުންގެ މަޖިލީހުން “ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026” ފާސްކުރަށްވައިފިއެވެ. މި އެކްޝަން ޕްލޭން ފާސްކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ވަނީ އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވާފައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި...