މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝައިޚް މުހައްމަދު ލަތީފް އައްޔަނުކުރައްވައިފި
News

އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝައިޚް މުހައްމަދު ލަތީފް އައްޔަނުކުރައްވައިފި

އިސްލާމީ މަރުކަޒުގެ އިމާމަކަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައި ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ދ. މީދޫ އަށް އުފަން ޝައިޚް މުހައްމަދު ލަތީފަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށް ދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެނ...

ހައްޖަށް މީހުން ގެންދާއިރު ބޮޑު އަގުނަގާ މައްސަލައަށް ޙައްލު ހޯދަން މަޝްވަރާފަށައިފި
Raajje

ހައްޖަށް މީހުން ގެންދާއިރު ބޮޑު އަގުނަގާ މައްސަލައަށް ޙައްލު ހޯދަން މަޝްވަރާފަށައިފި

ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގެންދާ މީހުން އަތުން ޙައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރޭގެ ”ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޭ ކުންފުނިތަކުން ހައްޖު ޖާގަ އަށް ބޮޑު އަގުގައި ފައިސާ ނަގާ މަ...

އިމާމުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްރޫއެއް އިއުލާން ކުރަނީ
Raajje

އިމާމުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްރޫއެއް އިއުލާން ކުރަނީ

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަ...

މިލަންދޫގައި އާއި ހުޅުދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫގައި އާއި ހުޅުދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި  އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި ދެ މިސްކިތް ވެސް އަޅަން ހަވާލުކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓ...

ފަލަސްޠީނުގެ މައްސަލައަކީ ދިވެހިންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް: އިސްލާމިކް މިނިސްޓަރު
Raajje

ފަލަސްޠީނުގެ މައްސަލައަކީ ދިވެހިންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް: އިސްލާމިކް މިނިސްޓަރު

ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެން ދިވެހިންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، އެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުޢާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ފުވައްމުލައް ސިޓީކައުންސިލް ގުޅިގެން ފަލަސްޠީނާ ގުޅޭ ގޮތުން ބޭއްވި ”ފަލަސްޠީން ފޯރަމް” ގައި ދެއްކެވި ވާ...

ކޭތަ ނަމާދު ކުރުން މާދަމާ ރޭ 1:15 ގައި
Raajje

ކޭތަ ނަމާދު ކުރުން މާދަމާ ރޭ 1:15 ގައި

މާދަމާ ރޭ ހަނދުކޭތަ ހިފާތީ ކޭތަ ނަމާދު ކުރަން ނިންމައިފިއެވެ. ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުގެ އިދާރާ އަދި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކަށް ފޮނުއްވި ސާކިއުލާ އެއްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން އެރޭ 11:01 ގައި ކަމަށާއި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމުން އަލިވެ، 1:14 ގައި ކަމަށެވެ. […]

ފަލަސްތީނަށް އަމާންކަން ދެއްވުމަށް އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި
Raajje

ފަލަސްތީނަށް އަމާންކަން ދެއްވުމަށް އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކައުންސިލްތައް ފޮނުވި ސާކިއުލާއެއްގައި ބުނީ އިސްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރ...

ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި
Raajje

ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި

އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ. އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއ...

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފި
Raajje

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،151،90 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟަކަށް ވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި […]

މުރައިދޫ އާއި ގެމަނަފުށީގައި އައު މިސްކިތް އިމާރާތްކުރަން ހަވާލުކޮށްފި
Thiladhunmathi News

މުރައިދޫ އާއި ގެމަނަފުށީގައި އައު މިސްކިތް އިމާރާތްކުރަން ހަވާލުކޮށްފި

ހއ. މުރައިދޫ އާއެކު އިތުރު ރަށެއްގައި އައު މިސްކިތެއް އިމާރާތްކުރަން ހަވާލުކޮށްފިއެވެ. މުރައިދޫ އާއި ގއ. ގެމަނަފުށީގައިި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އީވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ހުސައިން ވަހީދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަ ވިދާޅުވީ ރާއްޖޭގެ ރަށް...

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ
Raajje

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، […]

ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ
Raajje

ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްހުރި ނ. ހޮޅުދޫގެ އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އޭނާ ނިޔާވީ ހުންނަ ހޮޓަލުގައި ހުއްޓައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ މީހުން ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، […]

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހަކު ނިޔާވެއްޖެ
Raajje

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ ހައްޖާޖީއަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ކަމަށެވެ. އަދި އެއީ އުމުރުން 72 ގެ މީހެއް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން އިއްޔެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިއީ […]

މި އަހަރު އަމީރުލްޙައްޖަކީ ނައިބު ރައީސް
Raajje

މި އަހަރު އަމީރުލްޙައްޖަކީ ނައިބު ރައީސް

މިއަހަރުގެ އަމީރުލްޙައްޖަކީ ނައިބު ރައީސް ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވިގޮތުގައި، 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަމަޖައްސައްސަވާފައެވެ. ދިވެހި ޙައްޖާޖީންގެ...

ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ މިއަހަރު ރާއްޖެއިން ދާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިނ...