ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ މިއަހަރު ރާއްޖެއިން ދާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. އަދި މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.
ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން ”އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވަނީ ދެއްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މިނާ އަދި ޢަރަފާތުގައި ވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!