ސަޢުދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި
1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބަހަން ފަށައިފިއެވެ. މި އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ. މި ކަދުރު މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާއިރު، މިއަދު ކަދުރު ބަހަންފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނިގޮތުގައި ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގ...