އިމާމުންގެ މަހާސިންތާ ފަށައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ. މި މަހާސިންތާގައި މުހިއްމު ފަސް ސެޝަނެއް އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތުން މިއަދު ހެނދުނު ވަނީ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ. ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއ...