އިސްރާއީލް ސިފައިން ޣައްޒާއިން އަނބުރާ ގެންދަން ފަށައިފި
ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯއިން އިސްރާއީލީ ސިފައިން އަނބުރާ ގެންދަން ފަށައިފިކަމަށް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ފަލަސްތީނުގެ ހަމާސް ޖަމާޢަތާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކޭއޭއެން އިން ބުނާ ގޮތުގައި ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާ ސްޓްރިޕް އުތުރާއި ދެކުނަށް ވަކިކޮށް، ގެދޮ...