"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
“ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަށް ޕާޓީ ރެޖިސްޓްރީވުން ކަމަށެވެ. މީގެ އިތުރުން އެޕާޓީގެ ހަރުގެ “ހައުސް އޮފް ޑިމޮކްރެޓްސް” ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވާނެ ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ހ....