މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
އީސީގެ ހުށަހެޅުމަކީ ރޯދައިގެ ކުރިން މަޖިލީހުގެ އިންތިޚާބު ބޭއްވުން
Raajje

އީސީގެ ހުށަހެޅުމަކީ ރޯދައިގެ ކުރިން މަޖިލީހުގެ އިންތިޚާބު ބޭއްވުން

އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގައި އެދެފިއެވެ. 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީސީން އެދިފައިވާތީ، އެ ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެއ...

އީސީގެ މެންބަރު ކަމަށް އިތުރު ދައުރަކަށް ނަޝާޠު ޢައްޔަން ކުރައްވައިފި
News

އީސީގެ މެންބަރު ކަމަށް އިތުރު ދައުރަކަށް ނަޝާޠު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢަލީ ނަޝާޠު، މިއަދު ޢައްޔަން ކުރައްވާފައިވާއިރު، އޭނާ މެންބަރުކަމުގެ ހުވާ ކުރެއްވުމާއި އެ މަގާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ނަޝާތަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒ...

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ބިލް ތަސްދީގުކޮށްފި
Raajje

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ބިލް ތަސްދީގުކޮށްފި

ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވި އިރު، މި ބިލަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް […]

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް ނެރެފި
Raajje

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް ނެރެފި

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އެ ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހައި އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. މި ހިނގާއޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އާންމުކުރި މި ލިސްޓާއި ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހައި އެންމެންގެ މަ...

''މަޖިލިސް އިންތިޚާބު ބޭއްވޭނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު''
Parliament

''މަޖިލިސް އިންތިޚާބު ބޭއްވޭނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު''

2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ”އެކްސް”ގައި ވިދާޅުވީ، ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 2...

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި
Raajje

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ރޭ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވި ރަސްމީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129159 ވޯޓެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު 282804 މީހުންނަށް ލިބިފައިވާއިރު، ވޯޓ...

މި މަހު ނިޒާމީ ވޯޓެއް ނެގުމުގެ ފުރުސަތެއް ނެތް: އީސީ
Raajje

މި މަހު ނިޒާމީ ވޯޓެއް ނެގުމުގެ ފުރުސަތެއް ނެތް: އީސީ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވަން ޖެހޭ އިންތިހާބު މި މަހު ނެގުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ. ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމަށް މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ. ހަބީބް ވިދާޅުވި ގޮތުގައި އެއީ އިންތިހާބު އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި ރީ-ރަޖިސްޓްރ...

ވޯޓުލާ ބޫތުތަކަށް ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ: އެޗްއާރްސީއެމް
Raajje

ވޯޓުލާ ބޫތުތަކަށް ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ: އެޗްއާރްސީއެމް

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޫތުތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ދެވަނަ ބުރުގައި ގިނަ ކަންތައްތަކެއް އީސީ އިން ރަނގަޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ އ...

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުން އަންނަ އާދީއްތަ ދުވަހު
Raajje

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުން އަންނަ އާދީއްތަ ދުވަހު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދީއްތަ ދުވަހުގެ އިޢުލާން ކުރަން ހަމަޖެހިފައިވާކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާއި ޖުމްލަ ނަތީޖާ މިހާރު ކޮމިޝަނުން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާން […]

ރިޔާސީ އިންތިހާބު 2023: ރައީސް ސާލިހު އާއި ރަނިންމޭޓް ވޯޓުލައްވައިފި
Raajje

ރިޔާސީ އިންތިހާބު 2023: ރައީސް ސާލިހު އާއި ރަނިންމޭޓް ވޯޓުލައްވައިފި

ރާއްޖޭގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވޯޓު ލައްވައިފިއެވެ. ރައީސް ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަސްލަމް ވޯޓު ލެއްވީ އައްޑޫ ހިތަދޫ ސްކޫލްގައި ބަހައްޓާފައިވާ 5 ނަންމަބަރު ފޮއްޓަށެވެ. މި އިންތިހާބުގެ ދެވަނަ ބުރުގަ...

ރިޔާސީ އިންތިހާބު 2023: ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް
Raajje

ރިޔާސީ އިންތިހާބު 2023: ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ އަބޫދާބީ ފިޔަވައި، ވޯޓުފޮށި ބަހައްޓާފައިހުރި ހުރިހާ ގައުމެއްގައި ވޯޓުލުން މިހާރުފަށާފައިވާ ކަމަށެވެ. މި ބިރިގައި ވާދަ ކުރައްވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު […]

ދެވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން ދެ ގުނަ އިތުރު
Raajje

ދެވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން ދެ ގުނަ އިތުރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީކޮށްފައި ވަނީ 3،327 މީހުންނެވެ. ވޯޓު ފޮށިތައް ބަހައްޓަން ހަމަޖައްސާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) […]

މަޝްވަރާ ކުރަނީ އަންނަ މަހު 29 ގައި ނިޒާމީ ވޯޓެއް ނަގަން: އީސީ
Raajje

މަޝްވަރާ ކުރަނީ އަންނަ މަހު 29 ގައި ނިޒާމީ ވޯޓެއް ނަގަން: އީސީ

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައި ވަނީ އަންނަ މަހުގެ 29 ގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާން ކުރާ އިރު، އީސީގެ މެމްބަރުންގެ ވިސްނުމުގައި ހުރީ އޮކްޓޯބަރު 29 ގައި ވޯޓު […]

ނިޒާމީ ވޯޓާއި ގުޅިގެން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ އީސީ އިން ހޯދަން ފަށައިފި
Raajje

ނިޒާމީ ވޯޓާއި ގުޅިގެން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ އީސީ އިން ހޯދަން ފަށައިފި

ރާއްޖޭގައި މިހާރުއޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ގުޅިގެން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާއިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ފަށައިފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރު، އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ. އެހެންވެ، މިކަމާއިމެދު، ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމު...

ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް
Raajje

ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގައިދޮށްވެފައިވާއިރު، ހަގީގަތާއި ހިލާފް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން އެ ކޮމިޝަނުން ބޭނުން ކުރަމުން އަންނަ ޕޯޓަލް އަކީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް، ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުން ކުރަމުން އަންނަ ޕޯޓަލެ...