ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ އަބޫދާބީ ފިޔަވައި، ވޯޓުފޮށި ބަހައްޓާފައިހުރި ހުރިހާ ގައުމެއްގައި ވޯޓުލުން މިހާރުފަށާފައިވާ ކަމަށެވެ.

Ad
rt

މި ބިރިގައި ވާދަ ކުރައްވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

އީސީ އިން ވިދާޅުވެފައިވަނީ ވޯޓުލުން މިއަދު ހަވީރުު 5 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދިނެތް ކަމަށެވެ. މިއަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން ބާއްވާފައިވަނީ ހެނދުނު 8 ން ހަވީރު 4 ޖަހަންދެންނެވެ. ނަމަވެސް ދެވަނަ ބުރުގެ ވޯޓުލާ ވަގުތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުންނާއި ދެވަނަ ބުރަށް ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ގިނަ އަދަދެއްގެ މީހުން ރީރެޖިސްޓާ ކޮށްފައިވާތީއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެކުވެރި އަރަބި އިމާރާތް، އިންޑިއާ، ސްރީލަންކާ، އިނގިރޭސިވިލާތް އަދި މެލޭޝިއާ ގައި ވަނީ ވޯޓުފޮށި ބަހައްޓާފައެވެ.