ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އެ ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހައި އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހިނގާއޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އާންމުކުރި މި ލިސްޓާއި ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހައި އެންމެންގެ މައުލޫމާތު އަނެއްކާ ވެސް ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން އެމީހާ އަށް ނޭނގި ޕާޓީއަށް ވެއްދުމާއި، ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުންދާތީ ކަމަށެވެ.

ހަބީބު ވިދާޅުވީ މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް http://elections.gov.mv އިން ފެންނަން ހުންނާނެ ކަމަށާއި ލިސްޓުގައި ނަން އޮތްތޯ ޗެކްކުރެއްވުމަށް PPR (space) ID number send to 1414 އަށް މެސެޖު ކުރުމުން ވެސް ޗެކް ކުރެވޭނެ ކަމަށެވެ.

ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުން ކުރައްވާނީ ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމުން ކަމަށާއި މި ފޯމު ކޮމިޝަނުގެ ވެބްސައިޓުން އަދި ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށެވެ. އަދި ޝަކުވާ ބަލައިގަންނާނީ ނޮވެމްބަރު 30 ވާ ބުރާސްފަތި ދުވަހުގެ 3:00 އާ ހަމައަށް ކަމަށެވެ.

ހަމަމިއާއެކު އެ ކޮމިޝަނުގެ އީމެއިލް info@elections.gov.mv އަށް ވެސް ޝަކުވާ ފޯމު އީމެއިލުން ވެސް ފޮނުވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.