އުތީމު ގައި ވޮލީބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި

IMG_20220105_211406

ހއ. އުތީމުގެ ޒުވާނުންނަށް އަމާޒުކޮށްގެން އެރަށުގައި ވޮލީބޯލް ޓްރެއިނިންގެ ކޭމްޕެއް ފަށައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ފަށާފައިވާ މި ކޭމްޕަކީ ހއ އަތޮޅު ގެ ފުލުހުންގެ އެހީތެރިކަމާއި އެކު ފަށާފައިވާ ކޭމްޕެއް ކަމަށެވެ.

އެގޮތުން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕް ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

38 ބައިވެރިންނާއި މި ކޭމްޕް ފަށާވާއިރު މި ކޭމްޕުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ހއ އަތޮޅުގައި ވޮލީ ކުޅުމުގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންނެވެ.

މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ރަޝީދު ފާހަގަ ކުރައްވާފައިވަނީ ރަށުގައި ވޮލީ ކުޅުމުގެ ރޫހު ދިރުވުމުގެ އިތުރުން މިއަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތައް ކުޅުންތެރިން ތައްޔާރު ކުރުމެވެ. އަދި އަތޮޅު މުބާރާތްތަކުގައި ރަށުގެ ޓީމްތަކުން ބައިވެރިވުމުގެ ފުރުސަތު ފަހި ކޮށްދިނުމަކީވެސް މި ކޭމްޕްގެ މަގުސަދެއް ކަމަށް އެފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހއ އަތޮޅުގެ ޕޮލިސް ކޮމާންޑަރ އަދި އެއްބާރުލުން ދެއްވި ފަރާތްތަކަށް އުތީމު ކައުންސިލްގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި