ހއ. އުތީމު ކައުންސިލް އިދާރާގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ.
އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ސިއްކަ ފަރުމާކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެސް info@utheem.gov.mv އަށް ސިއްކަ ފަރުމާކުރުމަށްފަހު މެއިލް ކުރުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
އުތީމު ކައުންސިލް އިދާރާގެި ސިއްކަ ފަރުމާ ކުރުމުގައި ހިމެނެމަށް ސަމާލުވާން ޖެހޭ ކަންކަން
- މި ސިއްކާގައި އުތީމު ރަމްޒު ކޮށް ދިނުން
- އެއްވެސް ތަނެއްގައި ބޭނުން ކުރަމުންދާ ސިއްކައަކަށް ނުވުން ( ކޮޕީ އަކަށް ނުވުން )
- އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
- ހއ. އުތީމަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭ އެއްޗަކަށް ވުން
- 20mm x 20mm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން
- ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްސީލު ހުށަ އެޅުން
- ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެއްޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
- ސިއްކައިގައި '' ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ '' މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.
- މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވުން
- ހުށައަޅާ ސިއްކައިގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ.
- ލޯގޯ ހެދުމުގައި މި ކުލަތަކަށް (ނޫ، ހުދު، ފެހި އަދި ޗޮކްލެޓް) އިސްކަން ދެވިދާނެއެވެ.
އެއްވަނަ އަށް ހޮވޭ ސިއްކައަކަށް ކައުންސިލްގެ ފަރާތުން 4000 ރުފިޔާ ( ހަތަރު ހާސް ރުފިޔާ ) ދިނުމަށް ނިންމާފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!