ހއ. އުތީމް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ހަތްވަނަ ޤުރުއާން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

ކުރިން މިއަދު ފަށަން ނިންމާފައިވާ މި މުބާރާތް މާދާމާއަށް ފަސް ކުރެވިފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖުވީދު މަގަށް ކިޔެވުމަށް ހިތްވަރު ދިނުމާއި، ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރުއެޅުމާއި، ކީރިތި ޤުރްޢާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ އިތުރުން ޤައުމީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ބައިވެރިން އުފެއްދުމެވެ.

މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަން ތިން ދުވަހަކަށް ބަހާލައިގެންނެވެ. މިގޮތުން މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ހޯމަ ދުވަހު ގެ ނިޔަލަށެވެ.

ރަށު ފެންވަރުގައި ބާއްވާ މި މުބާރާތަކީ އުތީމުގެ ލޮބުވެތި ކުދިބޮޑު އެންމެނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި 65 ދަރިވަރުންނާއި، އިތުރު ތިން ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އުތީމަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވެސް ގާއިމުކޮށްފައި ހުންނަ ރަށެކެވެ.