މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިތުބާރު ނެތްކަމުގެ މައްސަލަ

38 Stories filed
ނަޝީދު ވަކިކުރުމުގެ މައްސަލަ މުއިއްޒު ހުވާކުރާ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ
Parliament

ނަޝީދު ވަކިކުރުމުގެ މައްސަލަ މުއިއްޒު ހުވާކުރާ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރ...

ނައިބު ރައީސް ނެތަސް, ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ: ދައުލަތް
Raajje

ނައިބު ރައީސް ނެތަސް, ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް...

ނަޝީދު ވަކިކުރަން ސޮއި ހޯދީ މެންބަރުންނަށް ބިރު ދައްކައިގެންނެއްނޫން: ނިޔާ
Parliament

ނަޝީދު ވަކިކުރަން ސޮއި ހޯދީ މެންބަރުންނަށް ބިރު ދައްކައިގެންނެއްނޫން: ނިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހޯދީ މެންބަރުންނަށް ބިރުދައްކައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރޭ ތުހުމަތު ކުރެއްވުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ދޮގު ކުރައްވައިފިއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު އިލްޔާސް ވިދާޅުވީ، ނަޝީދު ވަކިކުރުމަށް...

''ކޯޓުން ގޮތެއް ނިމެންދެން ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރާނެ''
Parliament

''ކޯޓުން ގޮތެއް ނިމެންދެން ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރާނެ''

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ކުރާނީ ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމުމުން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ […]

ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވޭ!
Parliament

ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވޭ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހަށް އަންގަވައިފިއެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަ...

އީވާ މިއަދު ވެސް ސަލާމުގައި، ޖަލްސާ ކެންސަލް
Parliament

އީވާ މިއަދު ވެސް ސަލާމުގައި، ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކުގައެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވީ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލު...

ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ އަށް ވެސް އެޖެންޑާކޮށްފި
Raajje

ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ އަށް ވެސް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފިއެވެ. ނަޝީދު ވަކި ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް […]

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ފަށަނީ
Parliament

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ ހޯމަ ދުވަހު އެވެ. އެ މައްސަލާގެ ޝަރީއަތް ހ...

އީވާ ސަލާމް ފޮނުއްވުމުން ނަޝީދު މައްސަލަ އެޖެންޑާކުރި ޖަލްސާ މިއަދު ވެސް ކެންސަލް
Parliament

އީވާ ސަލާމް ފޮނުއްވުމުން ނަޝީދު މައްސަލަ އެޖެންޑާކުރި ޖަލްސާ މިއަދު ވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ މިއަދު ވެސް ކެންސަލް ކޮށްފިއެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކުގައެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރައްވަމުންނެވެ. އެހެންނަމަވެސް، ޑެންގޫ ހު...

އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖު ފަށައިފި
Raajje

އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖު ފަށައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދަން އުޅެނީ ގަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ މަޖިލީހުގައި ތިއްބަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އިހުތިޖާޖު ކުރަންފަށައިފިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށްމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، 49 މެންބަރުންގެ ސޮޔާއި އެކު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 1...

ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން އެދިއްޖެ
Parliament

ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން އެދިއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ވަނީ އެޖެންޑާކޮށްފައެވެ. އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު ކަމެއް މަޖިލިހުގައި ނު...

ފެނިގެންދަނީ ތިމާގެކަމުގެ ތެރެއިން ރާވައިގެން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން: އިބްރޭ
Parliament

ފެނިގެންދަނީ ތިމާގެކަމުގެ ތެރެއިން ރާވައިގެން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން: އިބްރޭ

ފެނިގެންދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ރާވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ”ތާށިވެފައި” ވަނިކޮށް އެކްސްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. ނަޝީދުގެ މައްސަލަ އިއްޔެއާއި މިއަދަށ...

އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
Raajje

އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު ބަލައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދ...

އީވާ މިއަދު ވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް!
Parliament

އީވާ މިއަދު ވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފިއެވެ. މިއީ މި ޖަލްސާ ކެންސަލްކުރި ދެވަނަ ފަހަރެވެ. މި ޖަލްސާ އިއްޔެއަށް ވެސް ތާވަލު ކުރިއެވެ. ނަމަވެސް އިއްޔެ ވެސް މިޖަލްސާ ވަނީ ކުރިއަށްގެންދެވޭގޮތްނުވެ ކެންސަލްކޮށްފައެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާ ވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ސަލާމ...

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި
Parliament

ނަޝީދުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު އެކަން ”ތިލަދުން” އަށް ކަށަވަރުކޮށްދީފައިވާއިރު، ސްޕްރީމު ކޯޓުން އަދި އެ މައްސަލަ ބަލައިގަތްކަން އިނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެމްޑީ...