މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެމްއޭ

137 Stories filed
ރިޒާވްއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރާތީ، މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި
Raajje

ރިޒާވްއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރާތީ، މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅިގެން  ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އަދަދު” ނޫހުގައި “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މި...

މަރުކަޒީ ބޭންކަށް ފަސް އެމްޑީން ހޯދަން ޢިއުލާންކޮށްފި
Raajje

މަރުކަޒީ ބޭންކަށް ފަސް އެމްޑީން ހޯދަން ޢިއުލާންކޮށްފި

މަރުކަޒީ ބޭން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. އެމްއެމްއޭގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކުރީ މި ހަފުތާގެ ކުރީ ކޮޅެވެ. ފަސް އެމްޑީން ހޯދަން ކުރި ޢިއުލާންގައި އެމްއެމްއޭއިން ބުނީ އެ އެމްޑީންގެ ގޮތުގައި އެ ބޭންކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން...

ފަސް އެމްޑީން ހިމަނައިގެން މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ
Raajje

ފަސް އެމްޑީން ހިމަނައިގެން މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކޮށްފި އެވެ. އެމްއެމްއޭއިން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އެ ބޭންކަކީ ޒަމާނީ، ހެޔޮ ނަތީޖާ ނެރެދޭ މަރުކަޒީ ބޭންކަކަށް ހެދުމަށް އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ގެންނަ އެންމެ ބޮޑު ބަދަލަކީ އެތަނުގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، ފަސް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމެވެ....

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރައްވައިފި
Raajje

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ގަވަރުނަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން 22 ޖުލައި 2024 ވަނަ ދުވަހާއި ހަމައަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ...

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަން ރުހުން ދީފި
Parliament

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަން ރުހުން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ. ރައީސް މުޢިއްޒު ވަނީ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރަށްވާފައެވެ. ޢަލީ ހާޝިމް […]

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސަށް އެދިއްޖެ
Business

ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސަށް އެދިއްޖެ

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މިނިސްޓަރު ވިދާޅުވީ، ލައިސަންސް ހޯދަން ބޭނުންވާ ފޯމުތައް މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަަމަށެވެ. ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16...

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ
Raajje

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ...

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި
Raajje

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް  ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަލީ ހާޝިމް ގަވަރުކަމުގެ މަގާމުން ވަކިކުރަން ރައީސް އަށް ލަފާއަރުވަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު އެވެ. އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި 63 މެންބަރުންގ...

ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާއަރުވަން ފާސްކޮށްފި
Raajje

ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާއަރުވަން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ލަފާއަރުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ. އެއަށްފަހު ގަވަރުނަރު ވަކިކުރުމާގުޅޭ ލަފާއެރުވުމަށް މަޖިލީހުގެ މާލިއްޔަތު...

ގަވަރުނަރު ހާޝިމް ކޮމިޓީއަށް ވަޑައިގަތުމަށް ފަހު ފުރުސަތެއް!
Parliament

ގަވަރުނަރު ހާޝިމް ކޮމިޓީއަށް ވަޑައިގަތުމަށް ފަހު ފުރުސަތެއް!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެނ...

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު
Parliament

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތާވަލް ކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ. އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައިވެއެވެ. މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ހަމަޖެ...

ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާއަރުވަނީ
Parliament

ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާއަރުވަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފަށައިފިއެވެ. މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފާސްކޮށްފައެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަ...

ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން
Business

ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސްގެ މެންބަރަކަށް ވެއްޖެއެވެ. ‘އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް’ (އެގްމޮންޓް ގްރޫޕް) އަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމް...

ހުޅުމާލޭގެ އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި
Raajje

ހުޅުމާލޭގެ އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ އެ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ. ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ […]

ފަވަރަ މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ލިމިޓް ދެ ލައްކައަށް ބޮޑުކޮށްފި
Business

ފަވަރަ މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ލިމިޓް ދެ ލައްކައަށް ބޮޑުކޮށްފި

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަަރަ” މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ފައިސާގެ ލިމިޓު 200،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ. ފަވަރައަށް ގެނައި ބަދަލާ އެކު މިހާރު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެއެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ރިކުއެސްޓް ކުރެވޭނެއެވެ. “ފަވަރަ”އަކީ ފަސޭހަ، އަވަސް އަދި...