ލުއި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާ 9.2 ބިލިއަނަށް: އާންމުން ނަގާ ދަރަނި އެއް އަހަރުން އަނެއް އަހަރަށް މައްޗަށް
އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދޫކޮށްފައިވާ މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ފެށުނުއިރު ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފ...