މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެމްއޭ

137 Stories filed
އެމްއެމްއޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލައި، ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ ގޮތް ހަދައިފި
Business

އެމްއެމްއޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލައި، ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ ގޮތް ހަދައިފި

ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ނިޒާމު “ފަވަރަ” އާއި އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް” (ޔޫޕީއައި) ގުޅާލައި، ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުން...

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި
Business

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި އެކްސްޕޯ އަކީ އެމް.އެމް.އޭ އިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެ...

އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް ފައިނޭންޝަލް އެކްސްޕޯގެ އުރީދޫ ސްޓޯލުން
Business

އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް ފައިނޭންޝަލް އެކްސްޕޯގެ އުރީދޫ ސްޓޯލުން

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެމް-ފައިސާގެ ޚިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ 2026 ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު […]

އެމްއެމްއޭ އިން ބާއްވާ ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު!
Business

އެމްއެމްއޭ އިން ބާއްވާ ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު!

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 25,000 ރުފިޔާގެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި މި ފައިސާގެ އިނާމު ލިބޭއިރު، އިތުރު ގިނަ ހަދިޔާތަކެއް ވެސް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ފަސް އައިޕެޑާއި، 5,...

އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
Business

އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ “އެމްއެމްއޭ ސްކޮލަރޝިޕް 2026” އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ޖުލައި 15، 2026 ގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ މެލޭޝިޔާގެ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވ...

ބޭންކްތަކަށް ދޫކުރާ ޑޮލަރު 25 ޕަސެންޓް އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
Business

ބޭންކްތަކަށް ދޫކުރާ ޑޮލަރު 25 ޕަސެންޓް އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް މި ބަދަލަށް އަމަލުކުރަމުންދާނެ ކަމަށެވެ. އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ...

އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވުމުން އައިއެމްއެފުން ތައުރީފު
Business

އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވުމުން އައިއެމްއެފުން ތައުރީފު

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވާ ނިންމުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕިޔަޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މިޝަން ޓީމަކުން ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓެއްގައެވެ. އައިއެމްއެފްގެ ބަޔާނުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނ...

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ
Raajje

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހިފައިވީ ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އަލުން އިޔާދަވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ލަފާކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ ޕިޔަޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މިޝަން ޓީމަކުން ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓެއްގައެވެ. އައިއެމްއެ...

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި، ޕީއެޗްޑީއަށް ވެސް ކުރިމަތިލެވޭނެ
Business

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި، ޕީއެޗްޑީއަށް ވެސް ކުރިމަތިލެވޭނެ

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް އިއްޔެ ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖައްސައިދީފައެވެ. އެމްއެމްއޭއިން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތެވެ. އޭގެ ތެރޭގައި: • ބެޗްލަރ އޮފް އެކައުންޓިންގ (ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ) • މާސްޓަރ އޮފް ލ...

ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ ''މޯލްޑިވްސް ޕްރިމިއާ ބޭންކް'' އަށް ދީފި
Business

ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ ''މޯލްޑިވްސް ޕްރިމިއާ ބޭންކް'' އަށް ދީފި

ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް އިތުރު ބޭންކަކަށް، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ. މި ލައިސަންސް ދޫކޮށްފައިވަނީ މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެމްއެމްއޭގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ ގަވަރނަރު އަހްމަދު މުނައްވަރެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިލިޔުމާއި ހަވާލުވެފައި ވަނީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 19 މެއި 2025 ގައ...

ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް!
Business

ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް!

ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން މުބާރާތެއް އިއުލާންކުރިއެވެ. ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއަރ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެކެވެ. މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު އެއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކުކުރަނީތޯ، ވީދައި ކުދިކުރުމަކީ މަނާކަމެއް ނ...

ކުނޑިކޮށްފައިވާ ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ
Business

ކުނޑިކޮށްފައިވާ ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ

ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހުޅުވާލާފައެވެ. މި މުބާރާތަށް ރަޖިސްޓަރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 މޭ 2026 ގެ ރޭގަނޑު 11:59 އެވެ. އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުމެވެ....

މާލީ ހޭލުންތެރިކަމުގެ ބްރޭންޑާއި މަސްކޮޓް ފަރުމާކުރުމަށް އެމްއެމްއޭ އިން މުބާރާތެއް
Business

މާލީ ހޭލުންތެރިކަމުގެ ބްރޭންޑާއި މަސްކޮޓް ފަރުމާކުރުމަށް އެމްއެމްއޭ އިން މުބާރާތެއް

ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑް އައިޑެންޓިޓީ އާއި މަސްކޮޓް ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާހުކޮށްފިއެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފާހަގަކުރަން ފަސޭހަ ގައުމީ އައިޑެންޓިޓީއެއް ގާއިމުކުރުމެވެ. މި މުބާރާތުގެ ދަށުން ފަރުމާކުރަން ޖެހެނީ ޒިންމާދާރު މާލީ އާދަތަކަށް ބާރުއަ...

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ
Column

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ

ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން “މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް” ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ. މިއީ މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ތަރައްޤީއަ...

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ޖުލައިގައި ބާއްވަނީ
Business

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ޖުލައިގައި ބާއްވަނީ

ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައިގައި ބޭއްވުމަށް ނިންމައިފިއެވެ. މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ޚިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަ...