މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
މަހުދީގެ ކަށުނަމާދާއި މައްޔިތާއަށް ޒިޔާރަތްކުރުން އިސްލާމީ މަރުކަޒުގައި
Raajje

މަހުދީގެ ކަށުނަމާދާއި މައްޔިތާއަށް ޒިޔާރަތްކުރުން އިސްލާމީ މަރުކަޒުގައި

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން ވެސް ބާއްވަން ނިންމާފައި […]

މަހުދީ ނިޔާވުމާއިގުޅިގެން ރައީސްގެ ތައުޒިޔާ ޢާއިލާ އަށާއި ސިފައިންނަށް
Raajje

މަހުދީ ނިޔާވުމާއިގުޅިގެން ރައީސްގެ ތައުޒިޔާ ޢާއިލާ އަށާއި ސިފައިންނަށް

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަހުދީގެ ޢާއިލާ އަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ...

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން
Raajje

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިއަކު އިއްޔެ މަރުވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މައާއި ދަރިއަކު ވެސް ހިމެނޭކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފިއެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. މި ފަތުރުވެރިންނަކީ “ޑޫކް އޮފް ޔޯކް”...

ޑައިވަރު ފެނުނީ ކޭވްއެއްގެ ތެރެއިން، ބާކީ ޑައިވަރުން ވެސްވީ އެތަނުގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް
Raajje

ޑައިވަރު ފެނުނީ ކޭވްއެއްގެ ތެރެއިން، ބާކީ ޑައިވަރުން ވެސްވީ އެތަނުގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ފެނުނު ޑައިވަރު ފެނުނީ ސަފާރީގެ ޑައިވަރުންނަށް ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ނުފެނިވާ ހަތަރު ޑައިވަރުން ވެސްވީ އެ ކޭވްގެ ތެރޭގައިކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނ...

ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދުގައި ޑިއުޓީ އަދާކުރެވޭގޮތް ހަދަނީ
Raajje

ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދުގައި ޑިއުޓީ އަދާކުރެވޭގޮތް ހަދަނީ

ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގ...

ސަފާރީގައި އަލިފާން ރޯވެ ދުމުގެ އަސަރުކުރި ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ
Raajje

ސަފާރީގައި އަލިފާން ރޯވެ ދުމުގެ އަސަރުކުރި ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ

ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގެ ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނ...

ދިވެހިންގެ ޙިމާޔަތަށް އޮތް އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން: ރައީސް
Raajje

ދިވެހިންގެ ޙިމާޔަތަށް އޮތް އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން: ރައީސް

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ހުރިހާ ސިފައިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވި...

އޮސްޓްރޭލިއާ އިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ރާއްޖެއާ ހަވާލުކޮށްފި
Raajje

އޮސްޓްރޭލިއާ އިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ރާއްޖެއާ ހަވާލުކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ އުޅަނދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަ...

ފަޅުރަކަށް ދަތުރު ދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފި
Raajje

ފަޅުރަކަށް ދަތުރު ދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފި

ޅ. އަތޮޅު ފަަޅުރަށަކަށް ދަތުރުދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފިއެވެ. މި ކިނބޫ ފެނިފައި ވަނީ ޅ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ދިއްދޫ އިންނެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައެވެ. ފަސް ފޫޓް ހުރި އެ ކިނބޫ ހިފުމަށް މިހާރު ވަނީ އެމްއެންޑީއެފާއި ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ޅ.އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ކިނބޫ ފެނިފައިވަނީ، […]

‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ
Raajje

‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ

ނ. އަތޮޅުގައި އޮންނަ ‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން މިއަދު 16:03 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެއިގެ ކުރިން ފުލުހުން ވެސް ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 202...

ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި، އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި
Raajje

ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި، އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލައިފިއެވެ. މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓާއި އިތުރު ތިން ދޯންޏެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނާއި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. […]

ފީއަލީ އަލިފާން: ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެ
Raajje

ފީއަލީ އަލިފާން: ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެ

ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ހާދިސާގައި އަލިފާން ކޮންޓްރޯލްނުވެ ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު 9:31 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން އެކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ. އޭގެ ގަޑިއެއްހާއިރު ފަހުން 10:29 ގައި މިހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ އެ ހާތަނަށް […]

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ
Raajje

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

ފ. އަތޮޅު ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ. ފީއަލީ ބަނދަރުގައި އޮތް މި ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ބޯޓުން ބޮޑުބައެއް މިހާރު ވަނީ އަނދާފައެވެ. މި ހާދިސާއާ ގުޅިގެން، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުން މިހާރު އެ ސަރަހައްދުގައި ދަނީ...

ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ދެ ރައްޔިތުން
Raajje

ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ދެ ރައްޔިތުން

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ރޭ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. […]

މާލޭގައި ގުދަނެެއްގައި ރޯވެ އަނދަނީ
Raajje

މާލޭގައި ގުދަނެެއްގައި ރޯވެ އަނދަނީ

‏މާލޭގައި ގުދަނެއްގައި އަލިފާން ރޯވެގެން ކަމާބެހޭ އިދާރާތަކުން ހަރަކާތްވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތްކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) ވެސް ބުނީ .ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދި...