މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

ކުޅުދުއްފުށީ ސިޓީގައި، ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެއެވެ. ފެނަކައިން ވިދާޅުވިގޮތުގައި އެއީ އެ ކުންފުނިން ޑީސަލް އުފުލުމަށް ބޭނުންކުރާ ބައުޒަރެކެވެ. އެ ހާދިސާ ހިނގީ ޑީސަލް ރީފިލް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުން ނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ. ނަމަވެސް ބައުޒަރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑިއެފް ނޯދަން އޭރިއާއަށް 11:55...

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ
Raajje

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިޔަވަމުން ދިޔަ ދޯންޏަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެކެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ވަނީ ރޭ 00:55 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. މި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގު...

މަސްދޯންޏެއްގައި ހުރި މީހަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެއްޖެ
Raajje

މަސްދޯންޏެއްގައި ހުރި މީހަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެއްޖެ

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. އެގޮތުން، މި މައުލޫމާރު ލިބުމާއެކު ހދ. ކުޅުދުއްފުށީ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފާ ވާކަމަށް...

ކަނޑު ދަތުރުކުރާ ފަރާތްރަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ކަނޑު ދަތުރުކުރާ ފަރާތްރަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސް ކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި ގުރުރުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކ...

މޫދުގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ
Raajje

މޫދުގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ

އައްޑޫގެ އީކުއޭޓަރ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ  އުމުރުން 44 އަހަރުގެ ޖަރުމަނު ފަތުރުވެރިއެކެވެ. އެމީހާ މަރުވެފައި ވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފަވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި އެމީހާ އޮތީ އީކުއޭޓަރ ވިލެޖުގެ އިރު އުތުރު ފަރު ބޭރުގައި ކަމަށާއި، އެ ހާދިސާގެ ރިޕޯޓުލިބިފައި ވަނީ ބުރާސްފަތި ދުވަހ...

ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ
Thiladhunmathi News

ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ

ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެއެވެ. އެ ދޯނި އުރުމުގެ ސަބަބުން މިހާރު ސިފައިން އަންނަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:51 ހާއިރުއެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި 3 ފަޅުވެރިން އެބަތިއްބެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ. އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން […]

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ
Raajje

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ. ޓިއަރ 2 އަށް ޕްރޮމޯޓުވެފައިވަނީ ވިދިވިދިގެން 3 އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު އެވެ. އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިނ...

4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ
Raajje

4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްވާން ފަށައިފިއެވެ. އެންއެންޑީއެފްއިން ވިދާޅުވީ، ދިޔަވަމުން ދަނީ އެސްޓީއޯގެ ތެޔޮއުފުލާ ބޯޓެއް ކަމަށްވާ “އެމްވީ އަލިމަސް”އަށް ކަމަށެވެ. އެ ބޯޓުގައި 4.5 މިލިއަން ލިޓަރު ތެޔޮ ހުރިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެއީ 4322.735 ކިލޯ ލީޓަރު ޑީސަލް އަދި 456.514 ކިލޯލީޓަރު ޕެޓްރޯލެވެ. އެ ބޯޓު އޮތީ ގދ. ފަރެސް މާތޮޑާ ކައިރީގައެވެ. އެ ބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި […]

މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ
Raajje

މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މާލެ މެރީބުރައުން ކުރިމަތީ ފަޅުތެރޭގައި ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ. މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެhttps://t.co/bADyIGoeYO pic.twitter.com/PJoAkZvWJI — Thiladhun (@thiladhun) June...

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި […]

ވަކިވަކި ސިފައިން ޖަވާބު ދާރީ ނުކުރެވޭނެ، އެކަން ކުރާނީ މުއައްސަސާއިން: ސިފައިން
Raajje

ވަކިވަކި ސިފައިން ޖަވާބު ދާރީ ނުކުރެވޭނެ، އެކަން ކުރާނީ މުއައްސަސާއިން: ސިފައިން

ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުހައްމަަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ކުރިއަށް ގެންދާ ތަހުގީގަށް ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިން ނޫން ކަމަށާއި އެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުޅި ސިފައިން ކަމަށް ރާއްޖޭގެ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީއިން މިހާރު ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް […]

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގަންނަވައިފި
News

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގަންނަވައިފި

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް އަޒީޒް އަޙްމަދު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.  ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ބަނގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހީޒް އެކްސެލެންސީ ރިއަރ އެޑްމިރަލް ހަޒްމުލް ޙަސަންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޗީފް އޮފް ޕްރޮޓޮކޯލް، އ...

އިންޒާރަކާ ގުޅިގެން މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި
Raajje

އިންޒާރަކާ ގުޅިގެން މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި

ރައްޔިތުންގެ މަޖިލީހަށް ނުރަށްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވީ، އެ މައުލޫމާތު ލިބިފައި ވަނީ ރޭގައި ކަމަށެވެ. އެކަން ހާމަކުރަށްވައި، އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. މި ވަގުތުގެ ހާލަތު ބަލާ...

މުޅިރާއްޖެގައި ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަނީ
Raajje

މުޅިރާއްޖެގައި ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަނީ

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން މިރޭ ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މުޅިރާއްޖެ...

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް
Raajje

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށީ މިއަދު 10:04 ހާއިރު އެވެ. “ފަޔަރފައިޓަރުނ...