އައްޑޫގެ އީކުއޭޓަރ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 44 އަހަރުގެ ޖަރުމަނު ފަތުރުވެރިއެކެވެ.
އެމީހާ މަރުވެފައި ވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފަވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި އެމީހާ އޮތީ އީކުއޭޓަރ ވިލެޖުގެ އިރު އުތުރު ފަރު ބޭރުގައި ކަމަށާއި، އެ ހާދިސާގެ ރިޕޯޓުލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ހާއިރު ކަމަށެވެ.
އެމީހާ ނަގައިގެން ހަވީރު 4:30 ހާއިރު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!