ރައްޔިތުންގެ މަޖިލީހަށް ނުރަށްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވީ، އެ މައުލޫމާތު ލިބިފައި ވަނީ ރޭގައި ކަމަށެވެ.

Ad
rt

އެކަން ހާމަކުރަށްވައި، އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.

މި ވަގުތުގެ ހާލަތު ބަލާ ސެކިއުރިޓީގެ ކަންކަން ދަމަހައްޓަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމާލާއަށްފަހު މާލެ ސިޓީގައި ވަނީ ސެކިއުރިޓީ ކަންކަން ވަރުގަދަ ކޮށްފައެވެ. އަދި މުޅި ރާއްޖޭގައި ވެސް ސެކިއުރިޓީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ވިދާޅުވެފަ އެވެ.