މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މާލެ މެރީބުރައުން ކުރިމަތީ ފަޅުތެރޭގައި ކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.
މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެhttps://t.co/bADyIGoeYO pic.twitter.com/PJoAkZvWJI
— Thiladhun (@thiladhun) June 17, 2021
އެމްއެންޑީއެފްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 6:13 ގައިކަމަށް ވިދާޅުވި އެވެ. މިހާރު އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވަނީ 6:45 ހާއިރުއެވެ.
މިއަލާނުގެ ހާދިސާގައި އެސަރަހައްދު ފަޅުގައި އަޅާފައި އޮތް 6 ލޯންޗަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!