މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.

Ad
rt

އެގޮތުން، މި މައުލޫމާރު ލިބުމާއެކު ހދ. ކުޅުދުއްފުށީ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފާ ވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެހީތެރިވެފާވަނީ ހއ. ގައްލަންދޫ ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ "ޢަޒުމް" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުުރުން 49 އަހަރު ދިވެހި ފިރިހެނެއް

އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެގޮތުން، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ހދ. ކުޅުދުއްފުއްޓަށް ސީ އެމްބިއުލާންސް ގައި ގެންދެވިފައި ވަނީ މިއަދު މެންދުރު 13:33 ހާއިރުކަމަށާއި އެ މީހާ މިހާރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވިފާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއްވިއެވެ.