މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި
Raajje

ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި

މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން “ރަސް އައިނު” ރޭ އިފުތިތާޙުކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން “ރަސް އައިން” ނަމުގައި ފަރުމާކޮށްފައިވާ މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ސިފައިންގެ ވައިގެ ބާރާއި، ޔޫއޭވީ ސިފައިންގެ ޚިދުމަތް ތައާރުފު ކުރުމަށް، މާފަރު ބައިނަލްއަޤްވާ...

ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި
Raajje

ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި

ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ. ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ...

ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި
Raajje

ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ (ދިވެހި ސިފައިންގެ ވައިގެ ބާރު) އުފައްދަވައި، ރޭ އިފުތިތާހުކޮށްފިއެވެ. ދިވެހި ސިފައިންގެ ވައިގެ ބާރު، އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައި ވަނީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާ...

ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވަނީ
Raajje

ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވަނީ

އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީއެވެ. ސިފައިންގެ ގާނޫނު ބުނާ ގޮތުން ސިފައިންގެ ވަޒީފާގައި ގިނަވެގެން ދެމިހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެއާ އެކީގައި ޝަރަފްވެރިކަމާ އެކުގައި ރަޓަޔާ ކުރުމުގެ ފުރުސަތު އެމީހަކަށް ދޭނެއެވެ. އަބްދުއްރަހީމް ވެސް ޝަރަފްވެރިކަމާ އެކުގައި ރިޓަޔާ ކުރައްވާނެ ކ...

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް
Raajje

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް

އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް “ސިވިލިއަން ކްރޫ” ގެ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލިއަން ކްރޫގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ޓީމަކީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރާނެ ޓީމް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ޓީމު މިރޭގެ […]

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ
Raajje

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ. ”އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.” އެމްއެންޑީއެފުން ބުނެފަވެއެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނ...

މާލޭގެ ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެ
Raajje

މާލޭގެ ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެ

މާލޭގެ މާފަންނުކޮޅުގައި ހުރި ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެއެވެ. މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. އެ ތަނުން ފެނިފައި ވަނީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ ހަރުފަ ފެނުމާ އެކު ވަގުތުން އެކަން އެމްއެންޑީއެފް އަށް އެންގިއެވެ. އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް […]

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި

ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް
Raajje

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް

މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދު ކަމަށްވާ އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް ވެސް އިންޑިއާ ސިފައިން ވަނީ އަރާފައެވެ. މި ތިން ދޯންޏަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަމަށް ދިވެހި ދިފާޢީ ވުޒާރާއިން […]

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''
Raajje

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''

ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށް އަސުރުމާ ދޯނިން ބުނެފިއެވެ. އަސުރުމާ3 ދޯނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ އެ ދޯނީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް ވެސް އަދި ވީޑިއޯއެއް ވެސް މިހާތަނައް ހިއްސާކޮށްފައި ނުވާނެކަމަށް އެ ދޯނިން ބުންޏެވެ. ”ދޯނި މަސްވެރިކަން ކުރަމުން […]

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް
Raajje

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ. އދ. މަހިބަދޫ ”އަސުރުމާ3” ދޯނި ރާއްޖޭގެ އިމުގެ ތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ވަނީ  މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފްގައި އެދިފައެވެ. އެ ޖަމިއްޔާއިން އެގޮތައް...

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި
Raajje

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ ދެ މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި  ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަނ...

ކަނޑިންމަ ރިސޯޓު ފުއްޓަރު ސަރަހައްދުން ކިނބުލެއް ހިފައިފި
Raajje

ކަނޑިންމަ ރިސޯޓު ފުއްޓަރު ސަރަހައްދުން ކިނބުލެއް ހިފައިފި

ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުން ފެނުނު ކިނބުލެއް ހިފައިފައިވާ ކަމަށް ސިފައިން ބުނެފިއެވެ. ސިފައިންގެ އިދާރާއިން ބުނި ގޮތުގައި ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާަތްތެރިވެ އެ ކިނބޫ ވަނީ ހިފާފައެވެ. ދިގު މިނުގައި 9 ފޫޓް ހުރި އެ ކިނބޫ ފެނިފައި ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުންނެވެ. މިސޮރު ފެނިގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް […]

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި
Raajje

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި

ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ، ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލައިގެން މިރޭ 22:23 ހާއިރު އެ އިދާރާއަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންވެ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ޑިންގީގައ...

ސިފައިންގެ ވަޒީފާއަށް ހުޅުވާލައިފި
Raajje

ސިފައިންގެ ވަޒީފާއަށް ހުޅުވާލައިފި

ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން ހުޅުވާލައިފިއެވެ. ދިފާޢީ ވުޒާރާއިން، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށްފައިވާ ޢިއުލާންގައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާމީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތައް ކަމަށް ބުނެފައި ވަނީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން ހިމެނެއެވެ. މީގެ އިތުރ...