މާލޭގެ މާފަންނުކޮޅުގައި ހުރި ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެއެވެ.

މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. އެ ތަނުން ފެނިފައި ވަނީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ ހަރުފަ ފެނުމާ އެކު ވަގުތުން އެކަން އެމްއެންޑީއެފް އަށް އެންގިއެވެ.

Ad
rt

އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފެނުނު ހަރުފައަކީ، ފުދޭވަރަކަށް ބޮޑު ޕައިތަންއެކެވެ. ޕައިތަން ހަރުފަ އަކީ، ވިހަގަދަ ހަރުފައެއް ނޫނެވެ. ނަމަވެސް، ވަރަށް ބާރަށް ދަތް އަޅާ އެއްޗެކެވެ. މި ހަރުފަ 33 ފޫޓާ ހަމައަށް ދިގުވާނެ ކަމަށްވެއެވެ. އެކަމަކު، ލަކުޑި ގުދަނުން ފެނުނީ ބޮޑު ވާން ޖެހޭ ވަރަށް ބޮޑު ނުވެ އޮތް ކުޑަ ހަރުފައެކެވެ.

ޕައިތަން ހަރުފައަކީ ވަރުގަދަ ހަށިގަނޑަކާއި ޝިކާރާ ކުރުމުގެ ގާބިލުކަމުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ހަރުފައެކެވެ. އެ ބާވަތުގެ ހަރުފަ ޝިކާރަކޮށް އުޅެނީ އޭގެ ޝިކާރައިގެ ގައިގައި އޮޅާލާ، ނޭވާހާސްކޮށް މަރާލުމަށްފަހުއެވެ.

މާލެއިން ދޭތެރެ ދޭތެރެއިން، ހަރުފަ ފެނެއެވެ.