ހުޅުމާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭ ތިން މިނެޓެއް ހާއިރު ވަންދެން ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައި ކަމަށެވެ. ހަވާ އަރުވާނީ މިރޭ 22:30 ގައެވެ. ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ކަމަށް ވެސް އެމްއެންޑީފުން ބުންޏެވެ. ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވާ ދެމުންނެވެ.