ސިފައިންގެ އޮފިސަރަކަށް މިޔަރެއްގެ ހަމަލާއެއްގައި އަނިޔާވެ، ރ. އުނގޫފާރަށް ނިސްބަތްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ނިޔާވީ، ޒައިދާނަށް މިޔަރު ހަމަލާ ދިނީ، ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމަށެވެ.

Ad
rt

އޭނާ ނިޔާވީ، މިޔަރު ހަމަލާއާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ 20:40 ހާއިރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ އެ ޒުވާނާގެ ފަލަމަސްގަނޑަށެވެ. މިޔަރު ދިން ހަމަލާގައި ފަލަަމަސްގަނޑުގެ ބޮޑު ބައި އޮތީ ޒަހަމްވެފަ އެވެ. ޒުވާނާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވުމުގެ ސަބަބުން ވަރަށް ގިނައިން ލޭ އަޅަންޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ލާންސްކޯޕްރަލް މުހައްމަދު ޒައިދާން ސިފައިގެން ޚިދުމަތާއި ގުޅިފައިވަނީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.