ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގައި ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން މްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މި ލޭންޑިން ކްރާފްޓް އަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިން ކްރާފްޓް އެކެވެ.
މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު "ސީއެމްބިއުލޭންސް 21" އަށް ނަގާފައެވެ.
''ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ދަނީ ހަރަކާތްތެރިވަމުން.'' އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!