އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ނަން "ޑިޕާޓްމަންޓް އޮފް ވޯ" އަށް ބަދަލުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވައި، އެމެރިކާގެ ދިފާޢީ ވުޒާރާ (ޑިޕާޓްމަންޓް އޮފް ޑިފެންސް) ގެ ނަން ރަސްމީކޮށް “ހަނގުރާމައިގެ ވުޒާރާ” (ޑިޕާޓްމަންޓް އޮފް ވޯ) އަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލުގެ މަޤްޞަދަކީ، މިހާރު ދުނިޔެ އޮތް ހާލަތަށް އެކަށީގެންވާ ނަމެއް ދިނުމާއި، އަސްކަރިއްޔާގެ ހަނގުރާމަވެރިންގެ ރޫހު އަލުން އާލާކުރުން ކަމަށް ޓްރަމްޕް ވިދާޅުވެފަވެއެވެ. މި އަމުރުގެ ދަށުން، ޑިޕާޓްމަންޓްގެ ނަން ރަސްމީކޮށް ބަދަލުކުރުމަށް ކޮންގްރެސްގެ ހުއްދަ ބ...