މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން

511 Stories filed
އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި
International

އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި

ޓެކްނޮލޮޖީ މަހުޖަނު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދުގާރު އީލޮން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް އީރާނުގައި މަނާކުރުމަށް އެ ޤައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. ހުޅަނގުގެ ޤައުމުތަކާ އީރާނުގެ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ޕާލިމެންޓުން ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިކަމަށް ނިއުސްވީކް އާއި އެހެނިހެން ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓ...

އެމެރިކާގެ ހަމަލާގައި އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތައް ހަލާކުނުވޭ: ރިޕޯޓް
International

އެމެރިކާގެ ހަމަލާގައި އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތައް ހަލާކުނުވޭ: ރިޕޯޓް

ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ދިން ހަމަލާގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތައް ހަލާކުނުވާ ކަމަށް ޖާސޫސީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިކަމުގެ ޖާސޫސީ މައުލޫމާތު ބްރީފިން ލިބިފައިވާ ހަތަރު އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ މިއީ ޕެންޓަގަންގެ ޖާސޫސީ އިދާރާ، ޑިފެންސް އިންޓެލިޖެންސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ބިނާކޮށްފައިވަނީ ހަމަލާތަކަށް ފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހެދި ބެޓަލް ޑެމޭޖް...

ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެވިއްޖެ، މިއީ ބޮޑު ކާމިޔާބީއެއް: އީރާން
International

ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެވިއްޖެ، މިއީ ބޮޑު ކާމިޔާބީއެއް: އީރާން

ހަނގުރާމަ ހުއްޓާލަން ނިންމި ނިންމުމަކީ ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ. 13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން […]

ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެ: ހާމަނާއީ
International

ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެ: ހާމަނާއީ

ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. 13 ޖޫންގައި އިސްރާއީލުން އިސްވެ ވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމާގައި އިސްރާއީލަށް ކުރި ނުހޯދުމުން 21 ޖޫންގެ ރޭ އެމެރިކާއިން ވަނީ އިސްރާއީލާއި ބައިވެރިވެ އީރާނަށް ހަމަލާދީފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭ ތިން މަރުކަޒަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި އީރާނުން ރޭ ވަނީ ގަތަރުގައި […]

އިސްރާއީލުން ހަމަލާދިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއެއް ވަނީ ނުރައްކާތެރި ހާލަތެއްގައި: އައިއޭއީއީ
International

އިސްރާއީލުން ހަމަލާދިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއެއް ވަނީ ނުރައްކާތެރި ހާލަތެއްގައި: އައިއޭއީއީ

އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ. އައިއޭއީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތު...

އިރާނަށް ތާއީދުކޮށް އިރާގުގައި އެތައް ހާސް ބަޔަކު އަޑުއުފުލައިފި
International

އިރާނަށް ތާއީދުކޮށް އިރާގުގައި އެތައް ހާސް ބަޔަކު އަޑުއުފުލައިފި

އިސްރާއީލުން އިރާނަށް ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް އިރާގު ވެރިރަށް ބަޣްދާދުގެ ސަދުރު ސިޓީގައި މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް އިރާގުގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ހުކުރު ނަމާދަށްފަހު އިރާގުގެ އެތައްހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ރެވޮލިއުޝަން ސިޓީގެ ނަމުންވެސް މަޝްހޫރު ސަދުރު ސިޓީއަކީ އިރާގުގެ ވެރިރަށުގެ ބައެއް ކަމަށްވާއިރު،...

އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!
International

އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!

އިސްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ޖަވާބުގައި އީރާނުން މިސައިލް ހަމަލާތަކެއް ދެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން އެކްސްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދެއެވެ. ރޮއިޓަރސް ނިއ...

ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ، ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ވަނީ ހުޅުވާލާފައި: އީރާން
International

ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ، ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ވަނީ ހުޅުވާލާފައި: އީރާން

އީރާނުން ރައްދުގައި އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރު ކުރިއަށްދާއިރު، މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައިކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް “އަމާޒުކުރެވިގެން އަދި މެދުނުކެނޑި” ކުރިއަށްދާނެ ކަމަށެވެ. އައިއާރުޖީސީ އިން ބުނެފައިވަނީ އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރުގައި ވަރަށް ދުރަ...

މުސްލިމް 21 ޤައުމަކުން އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލަން ގޮވާލައިފި
International

މުސްލިމް 21 ޤައުމަކުން އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލަން ގޮވާލައިފި

އަރަބި އަދި މުސްލިމު 21 ޤައުމުތަކަކުން އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތައް ކުށްވެރިކޮށް، އަދި ސަރަޙައްދީ ހަމަޖެހުމަށާއި، “އިސްތިސްނާއެއް ނެތި” ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ. މިޞްރުގެ ރަސްމީ ނޫސް އޭޖެންސީ މީނާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބަޔާނަކީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަޠީފް، ސަރަޙައްދުގެ އެކި ޤައުމުތަކުގެ އޭނާގެ އެކުވެރިންނާ މަޝްވަރާކުރުމަށްފަހު  މިސްރުގެ އިސްނެގުމުގެ މަތީން ނ...

އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް
International

އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް

އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައިނުވާކަމަށް އީރާންގެ ތެހެރާން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޕްރޮފެސަރ ފުއާދު އިޒާދީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައެއް ނުވެއެވެ. “މި މެސެޖަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން އުންމީދުކުރާކަމުގެ މެސެޖެއް، އަދި މިއީ އިޒްރޭލުން ހ...

ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ޕްލޭންކުރި
International

ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ޕްލޭންކުރި

އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ރޭވިކަމަށާއި، އެކަން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި އިރާނުގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުއްޓުވާފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީން ދެ އެމެރިކާ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ދާދިފަހުން އިސްރާއީލީ އިސްވެރިން ވަނީ ހާމަނާއީ އަވަހާރަކޮށްލުމުގ...

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުން: ރިޕޯޓް
International

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުން: ރިޕޯޓް

އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ މީޑިއާ ”ޗެނަލް 14” އިން ބުނި ގޮތުގައި، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުން އީރާނުގެ ސަރުކާރު ”ފުނޑާލުމަށް އަމާޒުކޮށް” އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިއީ އިސްރާއީލުގެ ހަނގުރާމަވެރި މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވެސް އެޗެނަލުން ބުނެފަވެއެވެ. އެ ޗެނަލްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ތަމީރު މޮރާގް ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހ...

އަހަރެމެންނަށް ކުރިމަތިވީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާ: އިސްރާއީލްގެ ރައީސް
International

އަހަރެމެންނަށް ކުރިމަތިވީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާ: އިސްރާއީލްގެ ރައީސް

އިސްރާއީލަށް ބޮޑު ގެއްލުމަކާއި ކުރިމަތިވެ، ކުރިމަތިލާން ޖެހުނީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާކަމަށް އިސްރާއީލްގެ ރައޯސް އިސްހާގް ހާރޒޮގް ބުނެފިއެވެ. އީރާނުން ދިފާޢުގައި އިސްރާއީލަށް ރޭ ދިން މިސައިލް ހަމަލާތަކުގައި ވަނީ އިސްރާއީލްގެ 8 މީހުން މަރުވެ، އެތައްސަތޭކަ މީހުންނަށް އަނިޔާވެފައެވެ. އެކަމާއި ގުޅިގެން އިސްރާއީލުގެ ރައީސް އިސްހާގް ހާރޒޮގް ބުނެފައި ވަނީ އެ ގައުމަށް “ވަރަށް ހިތާމަވެރި އަދި އުނދަގޫ ހެނދުނަކާ” ކުރިމަތިވެފައިވާ ކަމަށެވެ. ހާރޒޮގް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަ...

އިސްރާއީލުގެ އިތުރު ''އެފް-35''ގެ ޖެޓެއް ވައްޓާލައިފިން: އީރާން
International

އިސްރާއީލުގެ އިތުރު ''އެފް-35''ގެ ޖެޓެއް ވައްޓާލައިފިން: އީރާން

އީރާންގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލު އެފް-35 ފައިޓަރ ޖެޓެއް ވައްޓާލައިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުން ބުނިގޮތުގައި މިއީ ހުކުރު ދުވަހު އިސްރާއީލުން އެ ޤައުމާ ދެކޮޅަށް ހަމަލާތައް ފެށިފަހުން އެ ޤައުމުގެ ދިފާއީ ބާރުތަކުން ވައްޓާލި އިސްރާއީލްގެ އެފް-35 ފައިޓަރ ޖެޓްގެ ތިން ވަނަ ޖެޓެވެ. އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، އެފް-35 ޖެޓްގެ ތިންވަނަ އުޅަނދު ވައްޓާލެވުނީ ހުޅަނގު އީރާނުގެ މަތިން ދަތުރުކުރަނިކޮށެވެ. އަދި އެ ޖެޓްގެ ޕައިލެޓް ޖެޓުން ބޭރަށް […]

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
International

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

އީރާނުގެ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑަށް އިސްރާއީލުން މިރޭ ދިން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހަކަތައިގެ ދާއިރާއަށް ވަރަށް މުހިންމު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް މިރޭ އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑްގައި އިސްރާއީލުން ހަމަލާދި...