ޓްރަމްޕް ހެދީ ބޮޑު ދޮގެއް، އީރާނުން ވަނީ ފިތުނަވެރި ރޭވުންތައް ނާކާމިޔާބުކޮށްލާފައި: ޚާމަނާއީ
އީރާނުގެ އެތެރޭގެ ކުށްވެރިންނަށްވުރެ ބައިނަލްއަގުވާމީ ކުށްވެރިން މާ ނުބައިކަމަށާއި، އެފަދަ ފަރާތްތަކަށް އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަޔާތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އިއްޔެ ދެއްވި ތަޤުރީރެއްގައި ޚާމަނާއީ ވަނީ އީރާނުގައި ދާދިފަހުން ހިނގާދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައި އެމެރިކާގެ ސީދާ އަތެއްވާކަމަށް ތުހުމަތުކުރައްވާފައެވެ. ޚާމަނާއީ ވިދާޅުވި ގޮތުގައި މިފަހަރުގެ ހަމަނުޖެހުންތައް ކުރީގެ ހާދިސާތަކާ ތަފާތުވަނީ، އެމެރިކާގެ ރައީސް އަމިއްލަފުޅަށް ސީދާ ގޮތުން މިކަ...