ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

13 ޖޫންގައި އިސްރާއީލުން އިސްވެ ވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމާގައި އިސްރާއީލަށް ކުރި ނުހޯދުމުން 21 ޖޫންގެ ރޭ އެމެރިކާއިން ވަނީ އިސްރާއީލާއި ބައިވެރިވެ އީރާނަށް ހަމަލާދީފައެވެ.

Ad
rt

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭ ތިން މަރުކަޒަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށް ހަމަލާދީފައެވެ. މި ހަމަލާދީފައި ވަނީ ކުރިން އިންޒާރު ދިނުމަށްފަހުއެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދިނުމުން އަރަބި ބައެއް ޤައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިހެން މިކަން ހިނގާފައި ވަނިކޮށް ހާމަނާއި މީސްމީޑިއާގައި ވިދާޅުވީ، އިރާާނުގެ ރައްޔިތުންނާއި އެބައިމީހުންގެ ތާރީޚު ދަންނަ މީހުންނަށް އަށް އިރާނަކީ ދެރަވެ ބަލިވެގެންދާ ޤައުމެއް ނޫންކަން އިނގޭނެ ކަމަށެވެ.

އީރާނުން ރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށް ދިން ހަމަލާ ބައެއް މީޑިއާތަކުން ވަނީ އޮޅުވާލައި އީރާނުން ހަމަލާދިނީ ގަތަރަށްކަން ސިފަވާގޮތަށް ޕްރޮޕެގެންޑާ ފަތުރާފައެވެ. ނަމަވެސް އީރާނުން އަބަދު ވެސް އިސްކަން ދީފައި ވަނީ ސުލްހަ ހޯދުމުގެ މަޝްވަރާއަށެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދީފައި ވަނީ ވެސް އެމެރިކާއާއި، އިސްރާއީލާއި އަދި ބައެއް ބާރުތަކުން ޖެހިލުންވާ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާ އީރާނުން ފަށާފައި ވަނިކޮށެވެ.

އީރާނުން ބުނާ ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށި ފަހުން 400 އަށް ވުރެ ގިނަ މީހުން، އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ގޮތަށް، މަރުވެފައިވާ ކަމަށާއި މަދުވެގެން 3،056 މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އިސްރާއީލުގައި މަދުވެގެން 24 މީހުން އީރާނުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.