މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން-އިސްރާއީލް ހަނގުރާމަ

481 Stories filed
އީރާނާއެކު ހޯމަ ދުވަހު އާ މަޝްވަރާތައް ފަށާނަން: ޓްރަމްޕް
International

އީރާނާއެކު ހޯމަ ދުވަހު އާ މަޝްވަރާތައް ފަށާނަން: ޓްރަމްޕް

އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކެއް މަޑުޖައްސާލުމަށްފަހު، އެ ގައުމާއެެކު ހިނގަމުންދާ ހަ މަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އާ މަޝްވަރާތަކެއް ހޯމަ ދުވަހު ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައަށާއި އީރާން ނިއުކްލިއާ ހަތިޔާރުން ސަލާމަތްކުރުމުގެ މައްޗަށް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ދޭނ...

ޔޫކޭ، ޔޫކްރެއިން އަދި ބަލްގޭރިއާ އިން ހަނގުރާމައިގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި: އީރާން
International

ޔޫކޭ، ޔޫކްރެއިން އަދި ބަލްގޭރިއާ އިން ހަނގުރާމައިގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި: އީރާން

އިނގިރޭސިވިލާތާއި، ޔޫކްރެއިން އަދި ބަލްގޭރިއާއިން އީރާނާ ދެކޮޅަށް ކުރެވޭ އެއްވެސް ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުން ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ވިލާތުގެ އެކި ގައުމުތަކާއެކު ކުރެވުނު ޑިޕްލޮމެޓިކް މަޝްވަރާތަކުގައި އެ ގައުމުތަކުން އީރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިނުވާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ އާއި އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް...

އިޒްރޭލު ދިފާޢު ނުކުރެވިދާނެކަން ޔޫރަޕްގެ ތިބޭ އެމެރިކާގެ ސިފައިން އެންގި
International

އިޒްރޭލު ދިފާޢު ނުކުރެވިދާނެކަން ޔޫރަޕްގެ ތިބޭ އެމެރިކާގެ ސިފައިން އެންގި

އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތައް ނެތް ކަމުގެ އިންޒާރު، ޔޫރަޕްގައި ތިބޭ އެމެރިކާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑަރު ޕެންޓަގަންއަށް ދީފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެސް ޔޫރަޕިއަން ކޮމާންޑް (އީޔޫކޮމް) ގެ ވެރިޔާ އަދި ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރ...

''ފޮނުއެރުވުމަށްފަހު'' ޓްރަމްޕް އީރާނަށް ދޭން އުޅުނު ހަމަލާތައް ކެންސަލްކޮށްފި
International

''ފޮނުއެރުވުމަށްފަހު'' ޓްރަމްޕް އީރާނަށް ދޭން އުޅުނު ހަމަލާތައް ކެންސަލްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިނުމަށް ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލުމަށް ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި، ސަރަހައްދީ ގައުމުތަކުގެ އެދުމުގެ މަތިންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ގެންދެވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރަތް ސޯޝަލްގައި ވޭތުވި 24 ގަޑިއިރުތެރޭ އީރާނަށް  ފުލުފުލުގައި އިންޒާރު ދެއްވަމުންނެވެ. އީރާންގެ އިތުރުން ގްރީންލެންޑަކ...

އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ ރައްދު ހަމަލާދޭނެ ތަންތަނުގެ ލިސްޓް ނެރެފި
International

އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ ރައްދު ހަމަލާދޭނެ ތަންތަނުގެ ލިސްޓް ނެރެފި

އެމެރިކާ ނުވަތަ އިޒްރޭލުން އީރާންގެ ކަރަންޓް ވިއުގައަށް އަމާޒުކޮށް ނުވަތަ އީރާނަށް އާ ހަމަލާތަކެއް ދީފިނަމަ، އިޒްރޭލާއި އަރަބި ގައުމުތަކުގައި ހުރި ދުނިޔޭގެ އެންމެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުރިހާ ތަންތަނަކީވެސް އީރާނުގެ ސީދާ އަމާޒަށް ވާސިލްވާ މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށް ވެދާނެ މުހިންމު ސަރަހައްދުތައް އީރާނުން ފާހަގަކޮށްފަ...

މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ މީހުން އެ ގައުމުތަކުން ފޭބުމަށް އަންގައިފި
International

މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ މީހުން އެ ގައުމުތަކުން ފޭބުމަށް އަންގައިފި

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް ނުވަތަ ފުރަން ތައްޔާރުވުމަށް އެމެރިކާގެ އެމްބަސީތަކުން އަންގައިފިއެވެ. މި އެންގުން ނެރެފައިވަނީ ބަހްރޭން، މިސްރު، އިރާގު، އިސްރާއީލް، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނެވެ. އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވަނީ، ސަރަހައްދީ ހަމަނު...

ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށާއި އިސްރާއީލަށް ހަމަލާދޭނަން: އީރާން
International

ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށާއި އިސްރާއީލަށް ހަމަލާދޭނަން: އީރާން

އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ ކަރަންޓު ވިއުގަ އާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާ އާއި އިސްރާއީލުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ، އެ ގައުމަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ އަސްކަރީ ޕްލޭނަރުންނާއި ވައިޓް ހައުސްގެ އިސް އޮފިޝަލ...

އެމެރިކާ އިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް
International

އެމެރިކާ އިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް

އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާނެކަމަށް އީރާނުން ވެސް ބުނެފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި އީރާނަށް ދިން ހަމަލާތަކަކީ އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލް އަދި ޑްރޯން އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އ...

ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ގްރޫޕްތަކަށް ހަމަލާދީފި
International

ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ގްރޫޕްތަކަށް ހަމަލާދީފި

އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކަށް އަމާޒުކޮށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ސައުދީ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކަކީ ފަހަކަށް އައިސް ދެމުންދާ ޑްރޯން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ. ސައުދީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ބުދަ ދުވަހުގެ ފަތިހު ދިން މި ހަމަލާތަކަކީ ސައުދީގެ އިރުމަތީ ޕްރޮވިންސާއި ރިޔާ...

އީރާނުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި
International

އީރާނުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކެއް އަންގާރަ ދުވަހު ފޮނުވާލައިފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މި ހަމަލާ ސިފަކޮށްފައިވަނީ ކުއްލި ސިހުމެއް ދިނުމަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. މިއީ ޑިޕްލޮމަސީއަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލި ފަހުން، އެ ގައުމުން އެމެރިކާގެ ބޭހަކަށް ދިން ފުރަތަމަ ބެލިސްޓިކް މިސައިލް ހަމަލާއެވެ....

ދިގުދެމިގެންދާ ހަނގުރާމައަކަށް އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް ތައްޔާރު: ރިޕޯޓު
International

ދިގުދެމިގެންދާ ހަނގުރާމައަކަށް އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް ތައްޔާރު: ރިޕޯޓު

އީރާނުގެ އަތުގައި ހުރި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތަކުގެ ސަބަބުން، ދިގުދެމިގެންދާ ހަނގުރާމައެއްގައި އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް “ތައްޔާރުވެފައިވާ” ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެފިއެވެ. މި ހަފުތާގައި ސީއެންއެން ފަދަ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން އާންމުކޮށްފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދާއިރު ހަތިޔާރުގެ ރިޒާވް ބެލެހެއްޓުމާ މެދު ބޮޑެތި ކަނ...

އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާލީ އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަން އެނގުމުން
International

އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާލީ އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަން އެނގުމުން

އީރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދިޔަ ވައިގެ ހަމަލާތައް ހުއްޓާލީ، އީރާނާ ދެކޮޅު ހަމަލާތައް ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ކުރިއަށް ގެންދިއުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ވައިޓް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާދެއްވުމާ ގުޅިގެން ކަމަށް ”އެކްސިއޯސް” އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ރިޕޯޓްކޮށްފައި ވާގޮތުގައި ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ޓްރަމްޕަށް ދެއްވި ލަފާގައި ވިދާޅުވެފައިވަ...

އެމެރިކާއިން އީރާނަށް އިތުރަށް ހަމަލާދީފިނަމަ މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި
International

އެމެރިކާއިން އީރާނަށް އިތުރަށް ހަމަލާދީފިނަމަ މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާއިން އީރާނަށް ހަމަލާދިނުން ތަކުރާރުކޮށްފިނަމަ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މި އިންޒާރު ދެއްވީ އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާއެވެ. އަކްރަމީނިއާ ވިދާޅުވީ، ވޮޝިންގޓަނުން އިޒްރޭލުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކޮށް، އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭން ފަށައިފިނަމަ، މި ހަނގުރާމައިގެ ޖިއޮގްރަފީ ދާއިރާ މިހާރު އޮތް ބޯޑަރުތަކަށ...

އީރާނުގެ ނިއުކްލިއާ ޔުރޭނިއަމް އަތުލުމަށް ސިފައިން ފޮނުވުމަށް ޓްރަމްޕް ސަރުކާރުން މަޝްވަރާކޮށްފި
International

އީރާނުގެ ނިއުކްލިއާ ޔުރޭނިއަމް އަތުލުމަށް ސިފައިން ފޮނުވުމަށް ޓްރަމްޕް ސަރުކާރުން މަޝްވަރާކޮށްފި

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އަތުލުމަށް އެމެރިކާގެ ހާއްސަ ސިފައިން (ސްޕެޝަލް ފޯސަސް) ފޮނުވުމުގެ ފުރުސަތުތަކާ މެދު ޓްރަމްޕްގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. ނަމަވެސް، އެމެރިކާގެ ވައިގެ ދިފާއީ މިސައިލްތަކުގެ ސްޓޮކް މަދުވެދާނެ ކަމުގެ ބިރަށްޓަކައި، އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކުރުމުގެ ޕްލޭންތައް ރައީސް ޑޮނަލްޑް ޓްރަމްޕް މިވަގުތަށް ވަނީ މަޑުޖައްސަވާލައްވާފައެވެ. ނިއުޔޯކް ޓައިމްސް އި...

އެމެރިކާއިން މަރާލާ އީރާނުގެ ކޮންމެ މީހަކަށް އެމެރިކާ ސިފައިންގެ މީހަކު މަރާލާނަން: އީރާން
International

އެމެރިކާއިން މަރާލާ އީރާނުގެ ކޮންމެ މީހަކަށް އެމެރިކާ ސިފައިންގެ މީހަކު މަރާލާނަން: އީރާން

އީރާނުގެ ކޮންމެ ރައްޔިތަކު މަރާލާ ކޮންމެ ފަހަރަކު، އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް ބުނެ އީރާނުން ހަނގުރާމައިގެ އާ ސިޔާސަތެއް އިޢުލާނުކޮށްފިއެވެ. މިކަން ހާމަކުރެއްވީ އީރާނުގެ ހަނގުރާމައިގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲ އެވެ. ޖެނެރަލް އަބްދުﷲ ވިދާޅުވީ މިއީ ކުރިއަށް އޮތް ތަނުގައި އީރާނުގެ އަސްކަރީ އޮޕަރޭޝަންތައް ބައްޓަންކުރާނެ “ސީދާ އަދި ރަސްމީކޮށް އަންގާފައިވާ އުސޫލެއް” ކަމަށެވެ. މި އިންޒާ...