މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިންޑިއާ

215 Stories filed
އިންޑިއާގައި ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ 25 މީހުން މަރުވެއްޖެ
International

އިންޑިއާގައި ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ 25 މީހުން މަރުވެއްޖެ

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދުރަޕްރަދޭޝްގެ ހައިވޭއެއް މަތީ ދުއްވަމުންދިޔަ ބަހެއްގައި ފަހަތުން އައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި އަލިފާން ރޯވެ މަދުވެގެން 25 މީހުން މަރުވެއްޖެއެވެ. ހުކުރު ދުވަހު ފަތިހު ކުރުނޫލް ޑިސްޓްރިކްޓް ކައިރީގައި، ހައިދަރާބާދުން ގާތްގަނޑަކަށް 210 ކިލޯމީޓަރު (130 މޭލު) ދެކުނަށް އޮންނަ ޗިންނަޓެކުރު ރަށު ކައިރީގައި ހިނގި މި ހާދިސާގައި ބަހުގައި އަލިފާން ރޯވެ، މިނެޓުތަކެއްގެ ތެރޭގައި މުޅި ބަސް ވަނީ އަނދައިގެން ގޮސްފައެވެ. މީގެ ސަބަބުން ގިނަ […]

50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި
Raajje

50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ. މާލީ ވުޒާރާއިން މިއިއަދު ބުނީ އެ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އިސްކޮށް ބައިވެރިވެވަޑައިގެންނެވި، އިންޑިއާގެ އިސް ވަފުދަކާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވ...

އަހަރަކު 2.3 ބިލިއަން ޑޮލަރު ގެއްލުންވާތީ، އިންޑިއާއިން ޖުވާ ސައިޓުތައް މަނާކޮށްފި 
International

އަހަރަކު 2.3 ބިލިއަން ޑޮލަރު ގެއްލުންވާތީ، އިންޑިއާއިން ޖުވާ ސައިޓުތައް މަނާކޮށްފި 

އަހަރަކު 2.3 ބިލިއަން ޑޮލަރު ގޭމިންގ އެޕްތަކުން ގެއްލެމުންދާކަން ސަރުކާރުގެ ތަފާސްހިސާބުތަކުން ހާމަވުމާއެކު، އިންޑިއާއިން ޖުވާ ސައިޓުތައް (އޮންލައިން ގޭމްބްލިންގ) ރަސްމީކޮށް މަނާކޮށްފިއެވެ. މަޖިލީހުގެ މަތިގެއާތި ތިރިގެއިން ފާސްކޮށްފައިވާ މި އައު ޤާނޫނުގެ ސަބަބުން ޕޮކާ ކާޑު ކުޅުމާއި، ޕޯކަރ އަދި ފެންޓަސީ ސްޕޯޓްސް ހިމެނޭ ގޮތަށް އިންޑިއާގައި މަޤްބޫލު ކްރިކެޓް އަދި ސްޕޯޓްސް ބެޓް އެޕްތަކަށް ސީދާ އަސަރުކުރާނެއެވެ. ޕްރޮމޯޝަން އެންޑް ރެގިއުލޭޝަން އޮފް އޮންލައިން ގޭމިންގ ބިލުގެ ދަށުން އޮންލައިން ޖުވާ ޕްލެ...

އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް
Raajje

އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް

އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކ...

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު މޯދީ ފުރާވަޑައިގެންފި
Raajje

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު މޯދީ ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި މަހުގެ 25 ވަނަ ދުވަހު (ބުދަ ދުވަހު)އެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މޯދީ އަށް މަރުޙަބާ ވިދާޅުވީ ރައީސް މުޢިއްޒެވެ. ޖުލައި 25 ވަނަ ދުވަހު ހަވީރު ބޮޑުވަޒީރު މޯދީ މާލެއަށް ވަޑައިގަތުމުން، ޖުމްހޫރީ މައ...

އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަ...

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
Raajje

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މޯދީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް، ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމ...

މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
Raajje

މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މީގެ ކުރީން ވަނީ ޖޫން މަހާއި ޖުލައި މަހު ރިޕޯޓްކޮށްފައެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ބޮޑުވަޒީރު މި މަހުގެ 25 އިން 26 އަށް...

އިންޑިއާ-ޕާކިސްތާނު ހަނގުރާމާގައި 5 ޖެޓް ވައްޓާލި: ޓްރަމްޕް
International

އިންޑިއާ-ޕާކިސްތާނު ހަނގުރާމާގައި 5 ޖެޓް ވައްޓާލި: ޓްރަމްޕް

މެއި މަހު އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގި އެންމެ ފަހުގެ ހަމަނގުރާމާގައި މަދުވެގެން ހަނގުރާމަމަތީ 5 މަތިންދާބޯޓު ވައްޓާލިކަމަށް އެމެރިކާގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގައި ރިޕަބްލިކަން މެމްބަރުންނާއެކު ބޭއްވި ރޭގަނޑުގެ ކެއުމުގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގި އެންމެ ފަހުގެ ހަމަނގުރާމާގައި މަދުވެގެން 5 މަތިންދާބޯޓު ވައްޓާލިކަމަށެވެ. ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މި ދެ ޤައުމުގ...

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވެދާނެ: ރިޕޯޓް
International

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވެދާނެ: ރިޕޯޓް

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވާނެކަމަށް އިންޑިއާގެ ”އިންޑިއާ.ކޮމް” ގައި ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓަކާއި ހަވާލާދީ ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް އުންމަތަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނީ ޖަމާޢަތެވެ. 2010 އާއި 2020 އާ ދެމެދު ދުނިޔޭގެ އާބާދީގައި ކްރިސްޓިއަން ދީނުގެ ނިސްބަތް ދަށްވެފައިވާއިރު، މި ދަށްވުމާއެކުވެސް ކްރިސްޓިއަން ދީނަކީ އަދިވެސް ދުނި...

ގުޖުރާތުގެ ގަމްބިރާ ބުރިޖު ވެއްޓި 15 މީހުން މަރުވެއްޖެ
International

ގުޖުރާތުގެ ގަމްބިރާ ބުރިޖު ވެއްޓި 15 މީހުން މަރުވެއްޖެ

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ވަދޯދަރާގައި ހުރި ގަމްބިރާ ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ. ވަދޯދަރާ އަދި އަނަންދް ގުޅުވައިދޭ މި ބުރިޖުގެ ބައެއް މަހިސާގަރު ކޯރަށް ވެއްޓުނީ އިއްޔެ ހެނދުނު 7:30 ހާއިރުއެވެ. މި ހާދިސާގައި ދެ ޓްރަކާއި، ބޮލެރޯއެއް އަދި ޖީޕެއް ކޯރަށް ވެއްޓިފައިވެއެވެ. މި ހާދިސާގައި އަދިވެސް 4 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހުން ހޯދުމަށް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް […]

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ
International

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ. މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ކުރައްވާ ޒިޔާރަތެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަކަށް މި ޒިޔާރަތް ވެގެންދާނެއެވ...

މޯދީ ޖުލައި މަހު ރާއްޖެ ވަޑައިގަންނަވާނެ: އިންޑިއާގެ މީޑިއާ
International

މޯދީ ޖުލައި މަހު ރާއްޖެ ވަޑައިގަންނަވާނެ: އިންޑިއާގެ މީޑިއާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރީތައް ފަށާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމަށްފަހު ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުކަން ފާހަގަކޮށް އިންޑިއާގެ ”ވިއޮން” ނޫހުގައި ބުނެފައިވާ ގޮތުގައި މިދަތުރުފުޅު ކުރިއަށްދާނީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން...

ޕާކިސްތާނަށް ޖާސޫސް ކޮށްދޭކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފި
International

ޕާކިސްތާނަށް ޖާސޫސް ކޮށްދޭކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފި

ހަރުޔާނާގެ ޔޫޓިއުބަރަކު ޕާކިސްތާނަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރުކޮށްފިއެވެ. ހަރުޔާނާގެ ދަތުރުވެރި ވްލޮގަރެއް ކަމަށްވާ ޖިޔޯތީ މަލްހޯތްރާ، ޕާކިސްތާނަށް ޖާސޫސީ ކުރުމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅު ޕާކިސްތާނަށް ދަތުރުކޮށް، އެ ދަތުރުގެ ވީޑިއޯތައް ޔޫޓިއުބްގައި ޝާއިޢުކޮށްފައިވާ ޖިޔޯތީ މަލްހޯތްރާ އަކީ ޔޫޓިއުބާއި އިންސްޓަގްރާމްގައި ގިނަ ބަޔަކު ފޮލޯކުރާ މަޝްހޫރު ވްލޮގަރެކެވެ. “ޓްރެވަލް ވިތް ޖޯ” ނަމުގައި ހިންގާ ޖިޔޯތީގެ ޔޫޓިއުބް ޗެނަލްގ...

އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމައިގެ ހާލަތު ދަށްކުރުމަށް އެއްބަސްވެއްޖެ
International

އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމައިގެ ހާލަތު ދަށްކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި އޮތް ހަނގުރާމައިގެ ހާލަތު އިތުރަށް ދަށްކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިއީ ދެ ގައުމުގެ މެދުގައި ހިނގި ކުރު މުއްދަތުގެ ހަނގުރާމައެއްގެ ފަހުން އައި އެއްބަސްވުމެކެވެ. މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެގެން ދިޔައެވެ. އޭގެ ފަހުން މެއި 7 ވަނަ ދުވަހު އިންޑިއާއިން ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ކޭމްޕްތަކަށް ހަމަލާދިނެވެ. އަދި ޕާކިސްތާނުން […]