މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)

35 Stories filed
އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި
Thiladhunmathi News

އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […]

"ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވެގެން އުމްރާ ދަތުރެއް
Thiladhunmathi News

"ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވެގެން އުމްރާ ދަތުރެއް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ “ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން” ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން، ދަތުރުވެރިޔާ ގްރޫޕާއި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި ހިންގާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 15 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި މަހު 5 ވަނަ ދުވ...

އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި
Thiladhunmathi News

އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ޕްރޮގްރާމް އެ އަތޮޅު މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، އެ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް […]

އިހަވަންދޫގައި ބާއްވާ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫގައި ބާއްވާ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ސެޓްފިކެޓް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން އެ ރަށުގައި ހަތަރު މަސްދުމަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސުގެ 18 އަހަރުންމަތީގެ ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޯހުގެ ކްލާސްތަ...

އިހަވަންދޫ އިމަގުގެ ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދި އަޒާއަށް އިނާމަކަށް އުމްރާ ދަތުރެއް
Thiladhunmathi News

އިހަވަންދޫ އިމަގުގެ ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދި އަޒާއަށް އިނާމަކަށް އުމްރާ ދަތުރެއް

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުރިއަށް ގެންދިޔަ “އަލްމަރްހޫމް ޙުސައިން ޒުހައިރު ހަނދާނީ 19 ވަނަ ޤުރުއާން މުބާރާތް” ގެ ފަހުރުވެރި އެއްވަނަ ހޯދި އަޒާ އިބްރާހީމް އަސްލަމަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މި މުބާރާތުގެ އެއްވަނައަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފައިވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުންނެވެ. މި މުބާރާތުގެ ދެވަނަ ހޯދީ […]

ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ހުރުހައި ކުދިންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި 100 ކުދިން ހަމަވާ ނަމަ، ރާއްޖެެއިން ބޭރުގެ ކޯޗަކާއި ރާއްޖޭގެ ދެ ކޯޗުންނާއެކު މި އެކަޑަމީ ފެށުމަށް ނިންމާފައިވަނީ މާރޗު މަހު ކަމަށެވެ. މިއީ ގްރޭޑް 1 ން 10 ގެ […]

އިހަވަންދޫ އިމަގުގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި
Thiladhunmathi News

އިހަވަންދޫ އިމަގުގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ “ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިހަވަންދޫ ޣާޒީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސެންސިޓީއާއި ކުޅިމަގެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކުޅިމަގެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކުޅިމަގު ޓީމްގެ […]

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރު...

"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިހަވަންދޫގެ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ “އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022” އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގު މަސްވެރިކަމުގެ އެވޯޑްތަކަކީ އިހަވަންދޫއަށް މަސްވެރިކަމުގެ ދާއިރާގައި ޝަރަފުވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން އަގުހުރި އެކިއެކި ޚިދުމަތްތައް އިހަވަންދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެ...

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ މަސްވަރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “އިމަގު މަސްރޭސް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިހަވަންދޫގެ މަސްވެރިންނަށާއި މަސްވެރިކަމަށް ލޯބި ކުރާ ޒުވާނުންނާއި ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައ...

އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް
Thiladhunmathi News

އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ޖަމިއްޔާއިން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ޖުމްލަ ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކަށް ބަލައިލާއިރު، 09 ޖުލައި 2022 (ޢީދު ދުވަސް) ޢީދު ނަމާދަށް ފަހު އަސަރީ ސައިފޮދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ސަގާފީ ހަވީރު ބޭއްވުމަށް ނިންމާފައިވާއިރު، އެ ރޭ ކުރިއަށް ގެންދިޔުމަށް...

އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ހއ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) މެންދުރު ފަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ އިމަގު ހޯލުގައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 […]

އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ  މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް […]

އިހަވަންދޫ އިމަގުގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙްކޮށްފި
Thiladhunmathi News

އިހަވަންދޫ އިމަގުގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙްކޮށްފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ “ރޯދަ މިތުރު” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ ޖަމިއްޔާއިން ރަމަޟާން ހާއްސަ ކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުން “އިމަގު ސްޕޯޓްސް އެކަޑަމީ” ގައި ތަމްރީން ހަދަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 31 މާޗް 2022 ވަނަ ދުވަހުގެ ރޭ އިފްތިތާޙް ކޮށްފައިވާއިރު، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އެ އެކަޑަމީގެ ދަރިވަރުންނަށް ހެޔޮގޮތުގައި ރަމަޟާން މަސް ހޭދަކުރުމަށް ބާރު އެޅުމެވެ. ރަމަޟާން […]

އިހަވަންދޫ އިމަގުން އެ ރަށު އެންމެ ބޮޑު މިސްކިތުގައި އައު އިސްކޫރު ބަރިއެއް ތަރައްޤީކޮށް ހުޅުވައިފި
Thiladhunmathi News

އިހަވަންދޫ އިމަގުން އެ ރަށު އެންމެ ބޮޑު މިސްކިތުގައި އައު އިސްކޫރު ބަރިއެއް ތަރައްޤީކޮށް ހުޅުވައިފި

ރަމަޟާން ހަމަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުއްތަޢުބާގައި އައު އިސްކޫރުބަރިއަކާއި ފާޚާނާއެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. ޖުމަލަ 14 އިސްކުރާއި ފާޚާނާއެއް ހިމެނޭހެން ތަރައްޤީ ކޮށްފައިވާ، އިސްކޫރުބަރި ރަސްމީކޮށް ހުޅުވާފައިވަނީ 01 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އާއި މަޢުލޫމާތު ހިއްސާކުރައްވަމުން އިމަގުގެ މީޑިއާ ކޯޑިނ...