އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.

މި ޕްރޮގްރާމަކީ އެ ޖަމިއްޔާއިން ރަމަޟާން ހާއްސަ ކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުން "އިމަގު ސްޕޯޓްސް އެކަޑަމީ" ގައި ތަމްރީން ހަދަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް 31 މާޗް 2022 ވަނަ ދުވަހުގެ ރޭ އިފްތިތާޙް ކޮށްފައިވާއިރު، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އެ އެކަޑަމީގެ ދަރިވަރުންނަށް ހެޔޮގޮތުގައި ރަމަޟާން މަސް ހޭދަކުރުމަށް ބާރު އެޅުމެވެ.

ރަމަޟާން މަހަށް ދުވަސްތައް ހޭދަކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ޓާސްކްތަކާއި، ކިޔާނެ ދުޢާތަށް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ރަމަޟާން ޕްލޭނާއި "ރޯދަ މިތުރު" ފޮތް އެ ދަރިވަރުންނާއި ހަވާލުކޮށްފައިވާއިރު، އެކަންކަން ކުރިއަށްދާ ގޮތް މޮނީޓާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ ދަރިވަރުންނަށް ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ރަމަޟާންމަހާއި ގުޅޭ އާންމު މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، މެދު ދިހައެއްގައި އިސްލާމީ ތާރީޚުގައި ރަމަޟާން މަހު ހިނގާފައިވާ މުހިންމު ހާދިސާތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ފަހު ދިހައެއްގައި އެ ދުވަސްތަކުގެ މުހިންމުކަމާއި ލައިލަތުލްޤަދުރިއާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފއެވެ.

އިމަގު ސްޕޯޓްސް އެކަޑަމީގައި މިހާރު ވެސް އަންނަނީ 50 ދަރިވަރަކު ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.

އިހަވަންދޫ އިމަގުން އެ ރަށު އެންމެ ބޮޑު މިސްކިތުގައި އައު އިސްކޫރު ބަރިއެއް ތަރައްޤީކޮށް ހުޅުވައިފި

މީގެ އިތުރުން އިމަގުން ވަނީ ރަމަޟާން ހަމަށް ތައްޔާރުވުމުގެ ގޮތުން އެރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުއްތަޢުބާގައި އައު އިސްކޫރުބަރިއަކާއި ފާޚާނާއެއް ތަރައްޤީކޮށް ހުޅުވާފައެވެ.