ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ "ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕަކީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން، ދަތުރުވެރިޔާ ގްރޫޕާއި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި ހިންގާ ވޯކްޝޮޕެކެވެ.

Ad
rt

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 15 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި މަހު 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު އިހަވަންދޫގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަށް ހަދިޔާއެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް "ދަތުރުވެރިޔާ" ގްރޫޕުން ވަނީ ނިންމާފައެވެ.