ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ސެޓްފިކެޓް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މިއީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން އެ ރަށުގައި ހަތަރު މަސްދުމަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސުގެ 18 އަހަރުންމަތީގެ ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަފްތާ ބަންދު ދުވަސްތަކުގައެވެ. މި ކޯސް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް އެމްއެންކިޔުއެފް ލެވެލް 3 ސެޓްފިކެޓެއް ލިބިގެން ދާނެއެވެ.

މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަސް ތެރޭގައެވެ. މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

މި ކޯހުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ތިރީގައި ދެވިފައިވާ ލިންކަށް ވަދެ ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރެއްވުމަށް އިމަގު ޖަމިއްޔާއިން އެދިލައްވައެވެ.

ލިންކް: https://forms.gle/Kc9zS5ahVtReh7Rt8