ށ. ކޮމަންޑޫއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮމަންޑޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެރަށުގައި މުޖުތަމަޢުގެ ތެރެއިން ނެގި ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
އެގޮތުން މިކޭސް އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ކޮންޓްރެކްޓް ރޭސިންގްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭ ގެ ގަވާއިދު ތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރައްކާތެރިކަމަށް ސަމާލު ވުމަށް އެރަށު ސިއްޙީ މަރުކަޒުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ވަގުތު ތަކުގައި ކެތްތެރިކަން އިސްކުރުމަށް ވަނީ ދަންނަވާފައެވެ.
ކޮމަންޑޫ އިން އެންމެ ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެފަހަރު ކޮވިޑްއަށް ޕޮސިޓިވް ވެފައިވަނީ ހޯމް ކަރަންޓިނުގައި ހުރި އަންހެނެކެވެ. އޭގެ ފަހުން މިއަހަރުގެ ޖެނުއަރީ މަހުވެސް އެރަށުން ކޮވިޑް ކޭސްއެއް ފެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!