ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް މެދު ކެނޑުމަށްފަހު އަލުން ފަށައިފިއެވެ.

ކޮމަންޑޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށް ޚިދުމަތް ދެމުންދާ މި ކްލިނިކްގެ ހުޅުވިފައިވައި ހުންނާނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހު ހެނދުނު 09:00 އިން 11:00 އަށެވެ.

Ad
rt

އަދި 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޚިދުމަތް ލިބިގެންދާނެ ކަމަށް އެކްލިނިކް ވަނީ ފާހަގަ ކޮށްފައެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުހައްމަދު އަނިލް ވިދާޅުވީ ކްލިނިކްގެ ޚިދުމަތް ގަވާއިދުން ކުރިއަށް ގެންދިޔުން ހުއްޓިފައިވަނީ ޕަބްލިކް ހެލްތް ވޯކަރސް އިން މަދުވުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް ޑޮކްޓަރުން މެދުވެރިކޮށް ލިބެން ޖެހޭ ޚިދުމަތްތައް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

މީގެ އިތުރުން އެކްލިނިކްގެ ފަރާތުން ކޮންމެ އަހަރަކު 1 ފަހަރު ޑައިގްނޯސް ވެފައިވާ ފަރާތްތައް ހޯދުމަށް ރަށުތެރޭގައި ޕްރޮގްރާމްއެއް ކުރިއަށް ގެންދާ ކަމަށްވެސް އަނިލް ވަނީ ވިދާޅުވެފައިވެފައިއެވެ. އެގޮތުން ޒުވާން އުމުރުގެ ކުދިންވެސް މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ކަމަށާއި އެންމެ ގިނައީ ޑައިބެޓިކްސް ޕޭޝަންޓްސްއިން ކަން އަނިލް ފާހަގަ ކުރައްވާފައި ވެއެވެ. އެގޮތުން ޖުމްލަ 62 ފަރާތަކުން އެބައްޔަށް ދަނީ ފަރުވާ ހޯދަމުންނެވެ.

އެންޑީސީ ކްލިނިކްއިން ފަރުވާ ދެމުންދާ ބަލި ތަކުގެ ތެރޭގައި ހިމެނެނީ:

  • ޑައިބެޓިކްސް
  • ބްލަޑް ޕްރެޝަރ
  • ކިޑްނީ
  • ހިތުގެ ބަލިތައް

އެގޮތުން މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ކްލިނިކަށް ދުރުވެ ރަޖިސްޓްރީ ވުމަށް އެ ކްލިނިކްގެ ފަރާތުން ވަނީ އެދިވަޑައިގެންފަައެވެ.

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންޑީސީ ކްލިނިކްގެ ޚިދުމަތް އަލުން ފެށިފައި މިވަނީ 2 ނަރުހަކާއި ޕަބްލިކް ހެލްތް ޓީމްގެ ބޭފުޅަކާއި އެކުގައެވެ.