މި އަހަރު ތެރޭ އޮޕަރޭޓް ކުރަންފެށި ހދ.ކުޅުދުއްފުށި އެއާޕޯޓަށް ބާރު ބޮޑުވެ އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖާގަތައް ފުލްވެއްޖެއެވެ.

ކުޅުދުއްފުށިން މާލެ އާއި ދެމެދު ދުވާލަކު އެއް ފުލައިޓް ދަތުރު ކުރާއިރު އެންމެ އަވަހަށް ވެސް ކުޅުދުއްފުށިން މާލެއަށް ޖާގަ ލިބެން އަންނަނީ އަންނަ މަހު 10 އެއްގައެވެ. އަދި މިވަގުތައް މާލެއިން ކުޅުދުއްފުއްޓަށް ދިއުމަށް އެންމެ އަވަހަށްވެސް ޖާގަ ލިބެނީ އަންނަ އަހަރުގެ 9 ވަނަ ދުވަހަށްކަމަށް ޓިކެޓް ވިއްކާ އެޖެންޓުން އަދި މޯލްޑިވިއަންގެ ވެބްސައިޓުން ދައްކައެވެ.

Ad
mooomoo 1

ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްވީއިރު އެރަށަކީ ކޮންމެ ދުވަހަކު އެތައްބަޔަކު އެކި އެކި ބޭނުންތަކުގައި ޒިޔާރަތް ކުރަމުން އަންނަ ރަށެކެވެ. ކުޅުދުއްފުށީ ފްލައިޓްތަކަށް އޮންނަ ޑިމާންޑް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް ދަތުރުކުރަން ފެށިއިރު ކުރަމުން އައީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ. ޑިމާންޑުބޮޑުވެ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ޑެއިލީ ފްލައިޓްއަށް ބަދަލުކޮށްފައެވެ.

ކުޅުދުއްފުށީ ޓިކެޓްގެ އަގުތައް 805ރ، 954ރ އަދި 1113ރ ގައި އުޅޭއިރު، ފްލައިޓް ދަތުރުތައް އޮންނަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނުއެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 11 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެގޮތުން މާފަރު، ދަރަވަންދޫ، ފުވައްމުލައް، ހަނިމާދޫ، އިފުރު، ކައްދޫ، ކޫއްޑޫ، ކާޑެއްދޫ، ކުޑަހުވަދޫ، ކުޅުދުއްފުށި އަދި އައްޑޫ ގަމަށް މޯލްޑިވިއަނުން ދަތުރުކުރެެ އެވެ.

Ad
df

މިދުވަސްވަރު ރާާއްޖޭގެ ގިނަ މަންޒިލްތަކަށް ފްލައިޓްތައް ފުލް ވެފައިވާއިރު އިންޓަނޭޝަނަލް ފްލައިޓްތައް ވެސް ވަނީ ސުކޫލް ތަކުގެ ޗުއްޓީއާއި އެކު ފުލް ވެފަ އެވެ.