މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކޮވިޑް-19

16 Stories filed
ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރޭތީ ސަމާލުވުމަށް އެދިއްޖެ
Raajje

ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރޭތީ ސަމާލުވުމަށް އެދިއްޖެ

ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ކޮވިޑް-19 އާ ގުޅޭ ކޭސްތައް ރިޕޯޓް ކުރުން އިތުރުވެފައިވާ ކަމަށެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައްވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. އަދި މި ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، މައުލޫމާތު އަޕްޑޭޓް ކުރަމުންދާނެ ކަމަށްވ...

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ
Raajje

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ

އަވަށްޓެރި އިންޑިއާއަށް އެތެރެވާއިރު، ކޯވިޑު ޓެސްޓު ހަދަންޖެހޭގޮތަށް އަނެއްކާވެސް ހަމަޖައްސައިފި އެވެ. އެގައުމުން މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ކޭސްތައް އެގައުމުގައި އަނެއްކާ ވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އައު ގައިޑްލައިނެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އައު ގައިޑްލަ...

ކޮވިޑް-19: އަނެއްކާވެސް ބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައެއް އިތުރުވެއްޖެ!
International

ކޮވިޑް-19: އަނެއްކާވެސް ބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައެއް އިތުރުވެއްޖެ!

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 8 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 800،023 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 169،993 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 38،748 މީހުންވަނީ މަރުވެފައިއެވެ. ކޮވިޑް-19 ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ […]

ސްޕައިން އިން މިއަދު 372 މަރު، 3076 މީހުން ޕޮޒިޓިވް!
International

ސްޕައިން އިން މިއަދު 372 މަރު، 3076 މީހުން ޕޮޒިޓިވް!

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ޖެހިގެން ސްޕޭނުން މިއަދު މިހާތަނަށް 344 މީހުން މަރުވެ، 3076 މީހުން އަލަށް ޕޮޒިޓިވު ވެއްޖެއެވެ. ސްޕެއިން ދިރާސާ ކުރާފަރާތްތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަދު ޔޫރަޕް ބައްރުން އެންމެ ގިނަަ މީހުން މީހުންނަށް އެވައިރަސް ޖެހިފައިވަނީވެސް މިޤައުމުންނެވެ. އަދި މިއަދު ދުނިޔޭން އެންމެ ގިނަ މީހުން މަރުވީވެސް، ޕޮޒިޓިވް ވީވެސް މި ޤައުމުންނެވެ. މި ޤައުމުން މިހާތަނަށް މިބަލީގައި 1753 މީހުން މަރުވެ، 28572 މީހުން ޕޮޒިޓިވް ވެފައިވެއެވެ....

ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ
Raajje

ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ

އިންޑިއާއިން އައި 2 މީހަކާއި، މެލޭޝިޔާއިން އައި މީހެއް ޓެސްޓު  ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރައްވަމުން ކޮވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން […]

ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެ ލައްކައަށް އަރައިފި
International

ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެ ލައްކައަށް އަރައިފި

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ދެލައްކައަށް އަރައިފިއެވެ. މިހާތަނަށް ދުނިޔޭގެ 167 ޤައުމަކުންނާއި، ސަރަހައްދުން މިވައިރަސްވަނީ 200099 މީހުންނަށް ޖެހިފައެވެ. މިވައިރަސް ޖެހުނު މީހުންގެ ތެރެއިން 8010 މީހުން މަރުވެފައިވާއިރު 82813 މީހުން ރަަނގަޅުވެފައި ވެއެވެ. އެންމެގިނައިން މިވައިރަސް ޖެހިފައިވާ މީހުން ތިބި 10 ޤައުމު ޗައިނާ 80894 މީހުން އިޓަލީ 31506 މީހުން އީރާން 16169 މީހުން ސްޕައިން 11826 މީހުން ޖަރުމަން 9877 މީހުން […]

ކޮވިޑް-19: ޕޮޒިޓިވްވީ ފަރާތްތައް ނިސްބަތްވާ ގައުމުތައް ހާމަކޮށްފި
Raajje

ކޮވިޑް-19: ޕޮޒިޓިވްވީ ފަރާތްތައް ނިސްބަތްވާ ގައުމުތައް ހާމަކޮށްފި

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފިއެވެ. އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައިި ކޮވިޑް-19 ގެ ޓާސްކް ފޯސްގެ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ނިސްބަތްވާ ގައުމުތައް: އިޓަލީވިލާތް: 9 ތުރުކީ: 1 އިނގިރޭސިވިލާތް: 1 ދެކުނު އެފްރިކާ: 1 ޖަރުމަންވިލާތް: 1 މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް...

މެލޭޝިއާއިން ރާއްޖެ އައި ދިވެހިމީހާ ނެގެޓިވް!
News

މެލޭޝިއާއިން ރާއްޖެ އައި ދިވެހިމީހާ ނެގެޓިވް!

މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީންކޮށް ކުރި ތަހުލީލުތަކުން އެމީހާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެމީހާ މެޝިއާއިން ރާއްޖެއައުމުން ކަރަންޓީންކޮށް ކުރި ތަހުލީލުތައް ކުރީ، މެލެޝިޔާގައި ކޮވިޑް-19 އަށް ޕޮޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު އެމީހާ އައުމުންނެވެ. Sample taken from the Maldivian national who returned from Malaysia has been tested […]

ކުރަމަތި ރިސޯޓުން 2 މީހުން ޕޮޒިޓިވްވެ ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8 އަށް
Raajje

ކުރަމަތި ރިސޯޓުން 2 މީހުން ޕޮޒިޓިވްވެ ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8 އަށް

ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު، އަށަކަށް އަރައިފިއެވެ. ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނީ، އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ […]

ކޮވިޑް-19: މާސްކު އަޅަންވީ ގޮތާއިމެދު އެޗްޕީއޭގެ ލަފާ!
Report

ކޮވިޑް-19: މާސްކު އަޅަންވީ ގޮތާއިމެދު އެޗްޕީއޭގެ ލަފާ!

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށީއްސުރެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެވައިރަސްއާއި ބެހޭ މަޢުލޫމާތާއި، ސިއްޚީ ލަފާ ދިވެހިންނަށް ފޯރުކޮށް ދެމުންނެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތާއި، ސިއްޚީ ހޭލުންތެރިކަމުގެ މައުލޫމާތު އަދި އާންމުން ހޭލުންތެރި ކުރުމުގެ ކަންކަން ކެނޑިނޭޅި ހިންގަމުންއަންނަ ސަރުކާރުގެ އިދާރާ، ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކަކީ މިބަލިން ރަ...

މާގިރި ހޮޓެލް ވަގުތީ ގޮތުން ބަންދުކޮށްފި
Raajje

މާގިރި ހޮޓެލް ވަގުތީ ގޮތުން ބަންދުކޮށްފި

މާލޭގެ މައި ފެރީ ޓާރމިނަލް ކުރިމައްޗަށްވާހެން ހުން ޓޫރިސްޓު ހޮޓާ “މާގިރި ހޮޓާ” ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އެހޮޓާ ވަގުތީ ގޮތުން ބަންދުކުރީ ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނު އިޓަލީ މީހާ ހޮޓަލުގައި މަޑުކޮށްފައިވާތީއެވެ. Dear All, Media statement regarding temporary closure of Maagiri Hotel operations due to the unforeseen situation of COVID-19. Stay safe pic.twitter.com/wOfbuYseBA — Maagiri Hotel (@MaagiriHotel) […]

ކޮވިޑް-19: ކުރަމަތި ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި
Raajje

ކޮވިޑް-19: ކުރަމަތި ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި

އއ. އަތޮޅުގައި ހިންގަމުން އަންނަ ކުރަމަތި އައިލެންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުވި ބިދޭސީއަކު ފެނުމާއި އެކު އޭނާ އައިސޮލޭޝަން އަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނުނު ބިދޭސީ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެރިސޯޓަށް އަރާފޭބުން ވަގުތީގޮތުން ހުއްޓާލެވިފައި ކަމަށް […]

ކޮވިޑް-19: އިޓަލީވިލާތް ލޮކްޑައުން ކޮށްފި، ސައުދީން އިތުރު ފިޔަވަޅުތަކެއް
International

ކޮވިޑް-19: އިޓަލީވިލާތް ލޮކްޑައުން ކޮށްފި، ސައުދީން އިތުރު ފިޔަވަޅުތަކެއް

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، މުޅި އިޓަލީ ވިލާތް ލޮކްޑައުންކޮށްފި އެވެ. އިޓަލީގެ މިފިޔަވަޅާއިއެކު، އެ ޤައުމުން އެއްވެސް މީހަކު ބޭރަށް ދިޔުމާއި އެތެރެވުން މިވަނީ މަނާވެފަ އެވެ. އިޓަލީގެ ބޮޑުވަޒީރު ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ. އިޓަލީގެ 9172 މީހުންނަށް މިހާތަނަށް ލޮ...

ކޮވިޑް-19: މާލޭގެ މިސްކިތްތަކުގައި ދިޔާ ސައިބޯނި ބަހަށްޓަން ނިންމައިފި
Raajje

ކޮވިޑް-19: މާލޭގެ މިސްކިތްތަކުގައި ދިޔާ ސައިބޯނި ބަހަށްޓަން ނިންމައިފި

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބަހަށްޓަން ނިންމައިފިއެވެ. އެކަން ކުރުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓަރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ވައިރަސް އާއި ގުޅިގެން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބެހެއްޓިގެން ދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ކުރައްވާފައިވާ ޓްވީޓް […]

ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް
Raajje

ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނު ކުރި ށ. ފޯކައިދޫއަށް ނިސްބަތްވާ ކުރެއްދޫ މުވައްޒަފާއި، ފަރުކޮޅު ފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި އިތުރު މީހެއް ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓް...