މާލޭގެ މައި ފެރީ ޓާރމިނަލް ކުރިމައްޗަށްވާހެން ހުން ޓޫރިސްޓު ހޮޓާ "މާގިރި ހޮޓާ" ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އެހޮޓާ ވަގުތީ ގޮތުން ބަންދުކުރީ ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނު އިޓަލީ މީހާ ހޮޓަލުގައި މަޑުކޮށްފައިވާތީއެވެ.
Dear All,
Media statement regarding temporary closure of Maagiri Hotel operations due to the unforeseen situation of COVID-19.
Stay safe pic.twitter.com/wOfbuYseBA
— Maagiri Hotel (@MaagiriHotel) March 10, 2020
އެތަން ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާގިރި ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުއައްޒަފުންނާއި ގެސްޓުންގެ ސަލާމަތަށްޓަކައި ބަލަމުންދާ ކަންކަން ބަލާ ހޮޓެލް ޑިސްއިންފެކްޓް ކުރުމަށް އެ ހޮޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!