ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފިއެވެ.
އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައިި ކޮވިޑް-19 ގެ ޓާސްކް ފޯސްގެ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުން ނިސްބަތްވާ ގައުމުތައް:
- އިޓަލީވިލާތް: 9
- ތުރުކީ: 1
- އިނގިރޭސިވިލާތް: 1
- ދެކުނު އެފްރިކާ: 1
- ޖަރުމަންވިލާތް: 1
މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖޭގައި 13 މީހަކު މިވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، އެ 13 މީހުންނަކީވެސް ބިދޭސީންނެވެ.
ދުނިޔޭން މިހާރު މިވައިރަސްވަނީ 171044 މީހުންނަށްޖެހިފައެވެ. މިވައިރަސްގެ ސަބަބުން ދުނިޔެއިން 6526 މީހުން މަރުވެފައިވާއިރު، 7790 މީހުން މިވައިރަސްއިން ފަސޭހަވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!