ސްޕައިން އިން މިއަދު 372 މަރު، 3076 މީހުން ޕޮޒިޓިވް!

spain-coronavirus-cases-2345134

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ޖެހިގެން ސްޕޭނުން މިއަދު މިހާތަނަށް 344 މީހުން މަރުވެ، 3076 މީހުން އަލަށް ޕޮޒިޓިވު ވެއްޖެއެވެ.

ސްޕެއިން

ދިރާސާ ކުރާފަރާތްތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަދު ޔޫރަޕް ބައްރުން އެންމެ ގިނަަ މީހުން މީހުންނަށް އެވައިރަސް ޖެހިފައިވަނީވެސް މިޤައުމުންނެވެ. އަދި މިއަދު ދުނިޔޭން އެންމެ ގިނަ މީހުން މަރުވީވެސް، ޕޮޒިޓިވް ވީވެސް މި ޤައުމުންނެވެ. މި ޤައުމުން މިހާތަނަށް މިބަލީގައި 1753 މީހުން މަރުވެ، 28572 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިޤައުމުން މިހާތަނަށް 2125 މީހުން ރަނގަޅުވެފައިވެއެވެ.

ޗައިނާ

ދުނިޔެއިން އެންމެ ގިނަމީހުންނަށް މިބަލި ޖެހި، މަރުވީވެސް މިބަލި ފެތުރެންފެށި ޗައިނާއިންނެވެ. މި ޤައުމުން މިހާތަނަށް މިބަލީގައި 3262 މީހުން މަރުވެ، 81054 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިޤައުމުން މިހާތަނަށް 72440 މީހުން ރަނގަޅުވެފައިވެއެވެ. ޗައިނާއިން މިއަދުވަނީ މިބައްޔަށް 46 މީހުން ޕޮޒިޓިވްވެ 6 މީހުން މަރުވެފައެވެ.

އިޓަލީ

ޔޫރަޕް ބައްރުގެ އިޓަލީވިލާތުގެ ހާލަތުން މިއަދު އެޤައުމުން ޖުމްލަ މަރުވި މީހުންނާއި، ޕޮޒިޓިވްވީ މީހުންގެ ޢަދަދު އަދި މިހާތަނަށް ސާފު ވެފައިއެއް ނުވެއެވެ. އިއްޔެ އިޓަލީ ވިލާތުންވަނީ 793 މީހުން މަރުވެ، 6557 މީހުން އަލަށް ޕޮޒިޓިވު ވެފައެވެ. މިޤައުމުން މިހާތަނަށް 53578 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިޤައުމުން މިހާތަނަށް 6072 މީހުން ރަނގަޅުވެފައިވެއެވެ.

އީރާން

ދެވަނައަށް މިއަދު އެންމެ ގިނަމީހުންމަރުވީ 129 މަރުވި އީރާނުންނެވެ. އެ ޤައުމުން މިއަދު 1028 މީހުން ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް މިބަލީގައި 1685 މީހުން މަރުވެ، 21638 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިޤައުމުން މިހާތަނަށް 7635 މީހުން ރަނގަޅުވެފައިވެއެވެ.

އެމެރިކާ

ދުނިޔޭގެ އެންމެ ބާރުގަދަ، ވަސީލަތްތައް ފުރިހަމަކަމަށް ދައުވާ ކުރާ އެމެރިކާއިންވެސް މިއަދު ވަނީ 47 މަރުވެފައެވެ. އެ ޤައުމުން މިއަދު 2824 މީހުން ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް މިބަލީގައި 349 މީހުން މަރުވެ، 27031 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިޤައުމުން މިހާތަނަށް 178 މީހުން ރަނގަޅުވެފައިވެއެވެ.

 

މިވައިރަސް އަދިވެސް ހުއްޓުމެއްނެތި ފެތުރެމުންދާއިރު ދުނިޔޭގެ އެކި ބައްރުން މިއަދާއި ހަމައަށް 318644 މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އަދި މިއަދާއި ހަމައަށް ދުނިޔޭން 13674 މީހުންވަނީ މިބަލީގައި މަރުވެފައެވެ. މިވައިރަސް ދުނިޔޭގެ 188 ޤައުމަށާއި، ސަރަހައްދަށް މިހާރު ފެތުރިފައިވާއިރު، މިވައިރަސް ޖެހުނު މީހުންތެރެއިން 96004 މީހުން މިހާތަނަށް މިވައިރަސްއިން ފަސޭހަވެފައިވެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *