މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށީ ސިޓީ އ.ތ.މ ކޮމެޓީ

42 Stories filed
މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ
News

މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ

ކުޅުދުއްފުށި ސިޓީ މަސްޖިދުލް ހަސަނާތުގެ މަރާމާތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ އާންމުންނަށް ނަމާދުކުރުމަށް އެ މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިއްޖެއެވެ. ސިޓީ ކައުންސިލުން ހަސަނާތު މިސްކިތް އަލުން ހުޅުވާލުމަށް އާންމުންނަށް އިއުލާނުކުރަމުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ، 29 އޮގަސްޓް 2025 ވާ ހުކުރު ދުވަހު ފަތިސް ނަމާދުން ފެށިގެން އާންމުނަށް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ. އެގޮތުން މި އަހަރުގެ މެއި މަހު ސިޓީ ކައުންސިލުން ވަނ...

ކުޅުދުއްފުށީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. އެގޮތުން މި އޮގަސްޓް މަހުގެ 1 ން 2 އަށް ބޭއްވި މި ޕްރޮގްރާމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގަރާމުގައި ބަށި ބޯޅައިގެ ޤަވާއިދުތަކާއި، މުބާރާތް ހިންގުމުގެ އުސޫލުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ބައިވެރިންނާއ...

ކުޅުދުއްފުށީގައި ބާއްވާ ދީނީ ސުވާލު މުބާރާތުގައި ބައިވެރިވުމަށް ހުޅުވަލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ ދީނީ ސުވާލު މުބާރާތުގައި ބައިވެރިވުމަށް ހުޅުވަލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ” ދީނީ ސުވާލު މުބާރާތް 1447″ ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއަހަރު ސެޕްޓެމްބަރ މަސްތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން އެ ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ދީނީ މައުލޫމާތު މުއްސަނދި ކުރުމަށާއި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 6 ޓީމުން ބައިވެރިވާނެނަމައ...

ކުޅުދުއްފުށީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށް މިފަހަރު ތާއީދުކުރީ 66 މީހުން
Thiladhunmathi News

ކުޅުދުއްފުށީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށް މިފަހަރު ތާއީދުކުރީ 66 މީހުން

ކުޅުދުއްފުށި ސިޓީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި 66 މީހުން އެކަމަށް ތާއީދު ކުރާކަމަށް ދައްކައިފިއެވެ. އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި މި ފުރުސަތުގައި ފުރާފައިވާ ފޯމުތަކުގެ ނަތީޖާ އާންމު ކުރަމުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ފޯމު ފުރާފައިވަނީ މުޅި ޖުމްލަ 120 ބޭފުޅުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 82 އަންހެން ބޭފުޅުންނާއި 38 ފިރިހެން ބޭފުޅުންނެވެ. އ...

ކުޅުދުއްފުށީގައި ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ “ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުން” ސެޝަން އެއް ބާއްވަން ހަމަޖެހިއްޖެއެވެ. އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ކޮމިޓީން ހިއްސާކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރައްވާ ފުރަތަމަ 25 ބައިވެރިންނަށް ކަމަށެވެ. އަދި މިހާރު އެ 25 ބައިވެރިން ހަމަވެއްޖެ ކަމަށް އެ ކޮމިޓީން މައުލޫމާތ...

ކުޅުދުއްފުށީގައި ބަށިކޯޓެއް އަޅަން ފެންނަކަމަށް 39 ބޭފުޅުން، އަލުން ރައްޔިތުންގެ ޚިޔާލަށް
Thiladhunmathi News

ކުޅުދުއްފުށީގައި ބަށިކޯޓެއް އަޅަން ފެންނަކަމަށް 39 ބޭފުޅުން، އަލުން ރައްޔިތުންގެ ޚިޔާލަށް

ހދ. ކުޅުދުއްފުށި ސިޓީ ގައި ބަށިކޯޓެއް އެޅުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރެވުނު ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ އަދަދު އެކަށީގެންނުވާ ކަމަށް ފެންނާތީ، އަލުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައި އަލުން އިޢުލާން ކޮށްފި އެވެ. އެކޮމެޓީގެ ފޭސްބުކް ޕެޖުގައި މިއަދު ބުނެފައިވަނީ، މި ސަރވޭގައި ބައިވެރިވެފައިވަނީ ޖުމްލަ 57 ފަރާތެއްކަމަށެވެ. މީގެ ތެރެއިން 39 ފަރާތުން (68 އިންސައްތަ) ވަނީ ބަށިކޯޓު އެޅުމަށް ތާއީދުކޮށްފައެވެ. އަދި 18 ފަ...

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި
Thiladhunmathi News

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ފިނި މައިޒާނަށް އިތުރު ތަކެތި ހޯދައި ރަށުތެރޭ ޖޯލިފަތި ބަހައްޓައި ދެނީ
Thiladhunmathi News

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ފިނި މައިޒާނަށް އިތުރު ތަކެތި ހޯދައި ރަށުތެރޭ ޖޯލިފަތި ބަހައްޓައި ދެނީ

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ފަރާތުން ތަރައްޤީކޮށްފައިވާ ފިނިމައިޒާނަށް އިތުރު ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ޑަބްލިއުޑީސީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީކް ސްޓޯން ޕްރައިވެޓް ލިމިޓެޑްއާއިއެވެ.  މި މަސައްކަތް ހަވާލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑަބްލިއުޑީސީ ފިނިމައިޒާނަށް ބޯގަންވިލާ ސްޓޭންޑާއި އުނދޯލި ސްޓޭންޑްއެއް ސަޕްލައިކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުނ...

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ތަޖުރިބާ ދަތުރެއްގަައި ލަންކާއަށް
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ތަޖުރިބާ ދަތުރެއްގަައި ލަންކާއަށް

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(ޑަބްލިއުޑީސީ) އިން ސްރީލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.  މި މަހު 16 އިން 23 އަށް، ޑަބްލިއުޑީސީ ގެ ރައިސާ އާއި އިތުރު 4 މެންމަބަރުންނާއި މުވައްޒަފަކު ހިމެނޭހެން ބައިވެރިވި މި ދަތުރުގައި، އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސްރީލަންކާގެ އަންހެނުން އިސްވެ ހިންގާ ޖަމާއަތްތަކަށް ޒިޔާރާތްކޮށް އެމީހުންގެ މަޢުލޫމާތާއި ޤާބިލުކަން އިތުރުކުރުމަށް ތަޖުރިބާ ހ...

ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހިއުމަން ރައިޓްސް އެވެއަރނެސްގައި ބައިވެރިވުމަށް ފުރުސަތު
Raajje

ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހިއުމަން ރައިޓްސް އެވެއަރނެސްގައި ބައިވެރިވުމަށް ފުރުސަތު

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެވެއަރނެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ، ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހިއުމަންސް ރައިޓްސް ކޮމިޝަން އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ އިންސާނީ ޙައްގުތަކާއި މަދަނީ މަސްލޫޔިއްތުތަކާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކަށް ޒުވާނުން...

ކުޅުދުއްފުށީގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީނު ކާމިޔާބު ކަމާއެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީނު ކާމިޔާބު ކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސިޓީގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބޭއްވި ދަނޑުވެރިކަމާއި ގުޅޭ ތަމްރީނު ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޕްރައިމް މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ޕްރޮގްރާމް ނަންގަވައިދީ ކުރިއަށް ގެންގޮސްފައިވަނީ ޕްރައިމް މޯލްޑިވްސް ގެ ފަރާތުން މުޙައްމަދު ޒާހިދު އަދި ނިޔާޒް އިބްރާހިމްއެވެ. ތިން ދުވަހުގ...

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް

ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. “ދީނީ ސުވާލު މުބާރާތް 1446” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން […]

ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފެހުމުގެ ލެވެލް 1، ގެ އިތުރުން އެޑްވާންސް ލެވެލް ވެސް ހިމެނޭހެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ. ކޯސް ފަށާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކޮމެޓީން ބުނެއެވެ. މި […]

ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން “ކަނބަލުންގެ މަސް ރޭސް 2024” ގެ ނަމުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އުފެއްދުމެވެ. އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މަސްރޭހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި...

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު...