ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހަކީ ފެހުމުގެ ލެވެލް 1، ގެ އިތުރުން އެޑްވާންސް ލެވެލް ވެސް ހިމެނޭހެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ. ކޯސް ފަށާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކޮމެޓީން ބުނެއެވެ.

Ad
rt

މި ކޯސް ބާއްވަނީ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯހުގައި ބައިވެރި ކުރުމަށް ނިންމާފައި ވަނީ 30 ބައިވެރިންނެވެ. ކޯހުގައި ބައިވެރިވާން ފޯމު ހުށަހަޅާ ފަރާތްތަކުގެ އަދަދު 30 އަށް ވުރެ މަތިވާނަމަ ބައިވެރިން ހޮވަން ހަމަޖެހިފައި ވަނީ ގުރުއަތު ލައިގެންނެވެ. ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ކަނބަލުންނަށް ވަނީ ހުޅުވާލާފައެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އެ ކޮމެޓީން އެދެއެވެ.

ފޯމް: https://forms.office.com/r/JRXqy7D2Ld

މި ކޯސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީގައި ފަހަން އެނގޭ ގިނަ ކަނބަލުންތަކެއް އުފެއްދުމުގެ އިތުރުން އެ ކަނބަލުންނަށް އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.