ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެވެއަރނެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ، ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހިއުމަންސް ރައިޓްސް ކޮމިޝަން އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ އިންސާނީ ޙައްގުތަކާއި މަދަނީ މަސްލޫޔިއްތުތަކާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކަށް ޒުވާނުން ހޭލުންތެރިކުރުމެވެ.
16 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ބޭއްވުމަށް އަދި ހަމަޖެހިފައިވަނީ 15 މެއި 2025 ވާ ބުރާސްފަތި ދުވަހުއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ގޫގުލް ލިންކް މެދުވެރިކޮށް ފުރުމަށް ހަމަޖެހިފައިވާ ފޯމު 30 އޭޕްރީލް 2025 ވާ ބުދަ ދުވަހު މެންދުރު 12 ޖެހުމުގެ ކުރިން ފުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިއުލާނުކޮށްފައިވެއެވެ.
މުޅި ޖުމްލަ 30 ބައިވެރިންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!